ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރާމާރީއަކާ ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު، ފުވައްމުލަކު ސިޓީގައި ހިންގި މާރާމާރީއަކާ ގުޅިގެން، ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުވައްމުލަކު ސިޓީގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު މީހެއްގެ ގައިގައި ޖަހައި، މާރާމާރީ ހިންގާފައިވާ މައްސަލައަކާ ގުޅިގެން، މިއަދު ކޯޓު އަމުރެއްގެ ދަށުން 25 އަހަރުގެ މީހަކާއި، 22 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މާރާމާރީއާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ދެ ފިރިހެނުންނެވެ.

މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: