ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ހުރިހާ މުއައްސާއެއް ވަނީ ކޮރުކޮށްލާފައި: ޝަކީލް

ޝެއާރކޮށްލާ ކަހަލަދޯ؟

މިސަރުކާރުން ދައުލަތުގެ ހުރިހާ މުއައްސާތަކެއް ކޮރުކޮށްލާފައިވާ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަކީލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީއާއެކު، މުޅި ދައުލަތް އެމްޑީޕީގެ މުށުތެރެއަށް ލާފައިވާ ކަމަށެވެ.

ޝަކީލް ވިދާޅުވީ ކޯޓުތަކާއި، މިނިވަން މުއައްސަސާތަކަށް މިނިވަން ކަމާއެކު މަސައްކަތްކުރުމުގެ ޖާގައެއް މިހާރު ނެތް ކަމަށެވެ. އަދި ސަރުކާރުން ބޭނުން ނުންވާ ގޮތަކަށް ކޯޓަކުން ހުކުމެއް އަޔަސް، މިނިވަން މުއައްސަސާއަކުން ރިޕޯޓެއް ނެރުނަސް އެތަނެއް ދުވަސް ދުއްވާލާތަން ފެންނަ ކަމަށް ޝަކީލް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް ބިރުދައްކައިގެން އަޑު ކަނޑުވާލެވިދާނެ ކަމަށް މި ސަރުކާރުން ދެކުމަކީ “ކަނޑުކޮސް” ކަމެއް ކަމަށް ޝަކީލް ވިދާޅުވިއެވެ. މިސަރުކާރު ފެއިލްވެފައިވާ ކަމަށް ރައްޔިތުން ޤަބޫލުކުރުމަކީ އިދިކޮޅު ސިޔާސީ ޕާޓީތައް ދެކެ ރުޅި އަންނަންޖެހޭ ސަބަބެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަކީލް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ވައުދުތަކެއް ވިޔަސް މިސަރުކާރަށް ވައްކަންނޫން އިތުރުކަމެއް ނުކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދެ އަހަރުގެ ބަޖެޓެއް ހުސްވެގެންދިޔައިރު، ސަރުކާރުން ރައްޔިތަކަށް ކޮށްދިންކަމެއް ނެތެވެ.

“ދެ އަހަރުގެ ބަޖެޓު އެއްކޮށް ހުސްވެގެންދިޔައިރުގަ ކޮންކަމެއްތޯ ކުރެވުނީ، ރައްޔިތުންނަށް ކޮންކަމެއްތޯ ކޮށްދެވުނީ، މިއަދާއި ހަމައަށް އައިރުގައި ވައްކަން ފިޔަވައި މިސަރުކާރުން ކުރި އެންމެކަމެއްވެސް ދައްކާލަބަލަ، މުސާރަ ދޭންވިޔަސް މިފެންނަނީ ފައިސާ ޕްރިންޓްކުރަންޖެހޭތަން” ޝަކީލް

މީގެ އިތުރުން ޝަކީލް ވިދާޅުވީ މިސަރުކާރުން ވައްކަންކުރާ ވާހަކަ ދައްކަނީ އިދިކޮޅުން ވެރިކަމަށް އަންނާކަށް ނޫން ކަމަށާއި، ވައްކަމުގެ ވާހަކަ ދައްކަނީ ދިވެހިރައްޔިތުން ކަމަށެވެ.

ޝަކީލް ވިދާޅުވީ މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ވައްކަން އޮތް މިންވަރުގެ ވާހަކަ ދައްކަނީ އިދިކޮޅުން އެކަންޏެއް ނޫން ކަމަށާއި މި ސަރުކާރަށް ނިސްބަތް އިސްބޭފުޅުން އެކަކު އަނެއްކަކަށް ވަގަށް ގޮވަމުން އަންނަ ކަމަށް ޝަކީލް ވިދާޅުވިއެވެ.

ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން އިޤްރިޞާދަށް ނޭދެވޭ އަސަރުތަކެއް އަތުވެދާނެ ކަމަށާއި، ނަމަވެސް މިހާލަތަށް ގައުމު ވެއްޓިގެންދިޔައީ ނާގާބިލު މީހަކަށް ގައުމުގެ ވެރިކަން ޙަވާލުކުރުން ކަމަށް ޝަކީލް ވިދާޅުވިއެވެ.

ޝަކީލް ވިދާޅުވި ގޮތުގައި ގައުމުގެ ވެރިމީހާއަކީ ކާކުކަން ނޭނގޭ ހިސާބަށް ގޮއްސިއެވެ. އޭނާ ވިދާޅުވީ އެއްބޭފުޅަކު އަމިއްލައަށް ބޮޑުވަޒީރަކަށް ވެގެން ސަރުކާރު ލައްވާ ކަންކަން ކުރުވަން އުޅޭއިރު، ދެން ހުންނެވީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވާ ކުރައްވައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: