ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައިދީންގެ ބައެއް އަސާސީ ހިދުމަތް ހިފެހެއްޓުމުގެ ބާރު ކޮމިޝަނަރަށް ދެނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ސަލާމަތާއި ރައްކާތެރި ކަމާއި މަސްލަހަތު ދެމެހެއްޓުމުގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތްތަކުގެ ތެރެއިން ގައިދީންގެ ބައެއް ހިދުމަތްތައް ހިފެހެއްޓުމުގެ ބާރު ކޮމިޝަނާ އޮފް ޕްރިޒަންސަށް ލިބިދޭ ގޮތަށް ގައިދީންގެ އަސާސީ ހިދުމަތްތަކާއި އިނާޔަތްތަކާ ބެހޭ ގަވާއިދު އެކުލަވާލައި އާންމުކޮށްފިއެވެ.

ގަވާއިދުގައިވާ ގޮތުން ޖަލުގެ މަސްލަހަތު ދެމެހެއްޓުމުގެ ގޮތުން ނުވަތަ ލިބޭ އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ނުވަތަ ކުށެއްގެ ގޮތުގައި ޖަލުގައި ބަލާ ކަމެއް ކުރުމުގެ ގޮތުން، ކޮމިޝަނާ އޮފް ޕްރިޒަންސްއަށް ގައިދީއެއްގެ ބައެއް އަސާސީ ހިދުމަތްތައް އެއް މަސް ދުވަހަށް ހިފެހެއްޓޭނެއެވެ. އަދި އެ ގައިދީއަކަށް ލިޔުމުން އެ ކަން އަންގަންވާނެ ކަމަށް ގަވާއިދުގައިވެއެވެ.

ނަމަވެސް ނަމާދުކޮށް ގުރްއާން ކިޔެވުމާއި ކެއުމާއި ބުއިމުގެ އިންތިޒާމާއި، ފެންވެރުމާއި ފާހާނާ ކުރުމުގެ އިންތިޒާމާއި، ބޯކޮށުމާއި ތުނބުޅި ބޭލުމުގެ އިންތިޒާމާއި، ނިދަން ބޭނުންވާ ތަކެތީގެ އިންތިޒާމާއި، ބޭސްފަރުވާގެ ހިދުމަތާއި، ޔުނީފޯމާއި އަންނައުނުގެ ހިދުމަތާއި، ސިޓީ ލިޔާނެ ތަކެއްޗާއި ކިޔާނެ ފޮތް ލިބުމުގެ ހިދުމަތް ހިފަހައްޓައިގެން ނުވާނެ ކަމަށް ގަވާއިދުގައިވެއެވެ.

ހިފެހެއްޓޭނެ ހިދުމަތްތަކުގެ ގޮތުގައި ބަޔާން ކޮށްފައިވަނީ، ކަސްރަތުކޮށް އުޅުމުގެ އިންތިޒާމާއި، އާއިލީ ބައްދަލުވުންތަކުގެ ހިދުމަތާއި، ގާނޫނީ ވަކީލުންގެ ބައްދަލުވުމުގެ ހިދުމަތް ހިފެހެއްޓުމުގެ ބާރު ބާރެވެ. ތަން އަލިކުރުމަށް ބޭނުންވާ ވެންޓިލޭޝަންއާއި ބޮކި ފަދަ ވަސީލަތްތަކުގެ ހިދުމަތް ވެސް ހިފެހެއްޓޭނެ ކަމަށް ގަވާއިދުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: