ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯނޑެއްދޫއިން 19 މީހަކު ޕޮޒިޓިވްވެ، ބިރުވެރިކަމެއްގެ ތެރެއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ހޯނޑެއްދޫއިން 19 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އެ ރަށު ތެރޭގައި އެ ބަލި ފެތުރުމުގެ ބިރު ހީވެއްޖެ އެވެ.

އެޗްއީއޯސީން ވިދާޅުވީ، އެރަށުން އިއްޔެ ނެގި 36 ސާމްޕަލް ތަކުގެ ތެރެއިން 19 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ. އަދި މިއީ އެރަށުގައި ރަށު ތެރެއިން ފައްސިވި ދެ މީހުންނާއި ގުޅޭ ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން ފާހަގަވި މީހުން ކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

އެރަށުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 11 ފިރިހެންނުންނާއި އަށް އަންހެނެކެވެ. މީގެ ތެރޭގައި އެއް އަހަރުން ދަށުގެ ދެ ކުއްޖަކާއި، 1 އަހަރާއި 18 އަހަރާއި ދެމެދުގެ އަށް މީހަކާއި، 18 އަހަރާއި 50 އަހަރާއި ދެމެދުގެ ހަތް މީހެއްގެ އިތުރުން، 50 އަހަރުން ދަށުގެ ދެ މީހަކު ހިމެނެއެވެ.

މިހާތަނަށް ބަލާއިރު ރާއްޖެއިން މިބައްޔަށް 8،361 މީހުން ވަނީ ފައްސި ވެފައެވެ. އޭގެތެރެއިން 1،253 މީހުންނަށް މިހާރު އައިސޮލޭޝަން ފެސިލިޓީ ތަކުން ފަރުވާ ދެމުން އަންނައިރު، 162 މީހަކަށް އަންނަނި ހޮސްޕިޓަލު ތަކުން ފަރުވާ ދެމުންނެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން އަންނަނީ ކޮންމެ ދުވަހަކު ވެސް އެތައް އިރުޝާދުތަކެއް ދެއްވަމުންނެވެ.
އެގޮތުން، ކޮންމެހެން ދާން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނިކުތުމަށާއި، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް އަދި ބޭރުގައި އުޅޭއިރު މާސްކު އަޅައިގެން އުޅުމަށް ވެސް އެޗްޕީއޭ އިން އަންނަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: