ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް!

ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސިކިއުޓާޖެނެރަލްގެ ގާނޫނަށް އިސްލާހުތަކެއް ގެނެސް އަލަށް އެކުލަވާލި ބިލު ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައެވެ.

މިދިއަ ހަފްތާ ތެރޭގައި އިސްލާހުކޮށް ފާސްކުރި އާ ބިލުގައިވާ ގޮތުން ޕްރޮސިކިއުޓާ ޖެނެރަލް، ވަޒީފާ އަދާ ނުކުރުމާއި މަސްލަހަތު ފުށުއަރާ ވިޔަފާރި ނުކުރުމަށް ކަނޑައަޅާފައިވާ މާއްދާއެއް ހިމަނާފައިވެއެވެ.

އެމާއްދާގައި (ހ) ގައި ވަނީ އާމްދަނީއެއް ލިބޭ އިތުރު ވަޒީފާއެއް ޕީޖީ އާދާކޮށް ނުވަތަ މަގާމެއް ފުރައިގެން ނުވާނެ ކަމަށެވެ. އަދި އާމްދަނީ ލިބޭފަދަ އެއްވެސް މަސައްކަތެއް ވެސް ކޮށްގެން ނުވާނެ ކަމަށެވެ.

ހަމަ އެމާއްދާގެ (ށ) ގައި ވާގޮތުން ޕީޖީ، އޭނާއަށް އެއްވެސް ފައިދާއެއް ނުވަތަ މަންފާއެއް ލިބޭގޮތަށް ނުވަތަ އެހެން ފަރާތަކަށް ފައިދާއެއް ނުވަތަ މަންފާއެއް ހޯދައިދިނުމުގެ ގޮތުން ހިލޭސާބަހަށް ވިޔަސް އަމިއްލަ ފަރާތަކަށް ގާނޫނީ ހިދުމަތް ދީގެން ނުވާނެއެވެ.

މީގެ އިތުރުން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރުމާއި ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފައިގެން އަދި ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ސިދާގޮތުން ވިޔަސް، ނުވަތަ ނުސީދާގޮތުން ވިޔަސް ޕީޖީގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެން ނުވާނެ ކަމަށް އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވެއެވެ.

ޕީޖީގެ ހައިސިއްޔަތުން މެނުވީ ދައުލަތުގެ އެހެން އެއްވެސް ކޮމިޝަނެއް، ނުވަތަ ކައުންސިލެއް ނުވަތަ މަޖިލީހެއް އަދި ކޮމިޓީއެއް ނުވަތަ ބޯޑެއް ނުވަތަ އެނޫންވެސް ތަނެއްގައި އުޖޫރައަކަށްވިޔަސް ނުވަތަ އުޖޫރައަކާ ނުލައިވެސް ބައިވެރިވެގެން ނުވާނެ ކަމަށް ބިލުގައި ވެއެވެ.

މި މާއްދާގެ (ވ) ގައި ބުނެފައިވަނީ، ޕްރޮސެކިއުޓާ ޖެނަލް މާގާމުން ވަކިވުމަށްފަހު ފުރަތަމަ ހިނގާ 12 މަސްދުވަހުގެ މުއްދަތު ފާއިތުވަންދެން ޕީޖީގެ ހައިސިއްޔަތުން އެމީހަކު އަދާކުރި މަސްލަހަތާ ފުށުއަރާ ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށާއި އެފަދަ މަސައްކަތެއް ވެސް ކޮށްގެން ނުވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލުގެ ސުލޫކީ ހަމަތަކާ ޕީޖީ ހިލާފުގެ މާއްދާގައިވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނަ މީހަކު ސުލޫކީ ހަމައަކާ ހިލާފުވެއްޖެ ނަމަ ޕީޖީގެ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމަށް ބަލައި އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއް އުފަންވީ ކަމުގައި ބެލެވޭނެ ކަމަށެވެ.

ޕްރޮސިކިއުޓާޖެނެރަލްގެ ގާނޫނަށް އިސްލާހުތަކެއް ގެނެސް އަލަށް އެކުލަވާލި ބިލު ރައްޔިތުންގެ މަޖިލީހުން  ފާސްކޮށް، އެބިލު މިހާރުވަނީ ތަސްދީގު ކުރަން ފޮނުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: