ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެޔޮ ވިއްކާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވޭ: އެސްޓީއޯ

އެސްޓީއޯ އިން ރާއްޖޭގެ އެތެރޭގައި ތެޔޮ ސަޕްލައި ކުރާ ފިއުލް ސަޕްލައި މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތެޔޮ ވިއްކާ އަގަށް ބަދަލު ގެނެސް އަގުބޮޑުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ދޮގުކޮށްފިއެވެ.

އެސްޓީއޯއިން ރާއްޖޭގެ އެތެރޭގައި ތެޔޮ ސަޕްލައި ކުރާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ގަނޑުކޮށް ތެޔޮ ގަންނަ ފަރާތްތަކަށް ތެލުގެ އަގު ބޮޑުކޮށްފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ހަބަރު ގެނެސްދީފައެވެ. އެ ހަބަރުގައި ޑީސަލް ލީޓަރަކުން 35ލ. އަދި ޕެޓްރޯލް ލީޓަރަކުން 29ލ. ބޮޑުކޮށްފައިވާކަމަށް ބުނެފައިވެއެވެ.

އެހެން ނަމަވެސް އެ ހަބަރު ރީޓްވީޓު ކުރައްވާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި ތެލުގެ އަގަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އަދި އެސްޓީއޯއިން ވެސް ބުނެފައިވަނީ މަސްވެރިންނަށް ވެސް ތެޔޮ ވިއްކާ އަގަށް ވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.

އެސްޓީއޯ އިން އާއްމުކޮށްފައިވާ އިއުލާނުތައް ދަައްކާގޮތުން އެންމެ ފަހުން ތެލުގެ އަގަށް ބަދަލެއް ގެނެސްފައި ވަނީ މިދިޔަ މާޗް މަހު އެވެ. އެގޮތުން ކުންފުނިން ތެލުގެ އަގަށް ގެނައި ބަދަލާއެކު، ޑީސަލް ލީޓަރަކުން 1.68ރ. އަދި ޕެޓްރޯލް ލީޓަ ރަކުން 1.53ރ. ހެޔޮ ވެގެން ދިޔަ އެވެ. މި ބަދަލުގެ ސަބަބުން ޑީސަލް ލީޓަރެއް މިހާރު ވިއްކާނީ 8.71ރ. އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާ އަގަކީ 8.07ރ. އެވެ. މިއީ ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު މި ފަހުގެ ތާރީހުގައި އެންމެ ބޮޑަށް ދަށަށް ދިޔަ ފަހަރެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: