ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކ. އަތޮޅު ސިއްހީ މަރުކަޒުތަކަށް 42 ނަރުހުން ހޯދަނީ

މިއަދަކީ ދުނިޔޭގެ ނަރުހުންގެ ދުވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. އަތޮޅުގެ އެކި ސިއްހީ މަރުކަޒުތަކަށް ޖުމްލަ 42 ނަރުހުން ހޯދުމަށް ހެލްތު މިނިސްޓްރީއިން އިއުލާނުކޮށްފި އެވެ.

ހެލްތު މިނިސްޓްރީއިން މިއަދު ކުރި އިއުލާނެއްގައި ދާއިމީ ނަރުހުން ހޯދުމަށް ވަނީ އިއުލާނުކޮށްފައެވެ. މިނިސްޓްރީއިން ބުނީ ރެޖިސްޓާޑް ނަރުހުންނާއި ސީނިއާ ރެޖިސްޓާޑް ނަރުހުންގެ އިތުރުން ކްލިނިކަލް ނަރުހުން ބޭނުންވާ ކަމަށެވެ.

އެ 42 ނަރުހުންނަކީ ދާއިމީކޮށް ހޯދާ ނަރުހުންނެވެ.

މިނިސްޓްރީއިން އިއުލާނުކޮށްފައިވަނީ ކ. އަތޮޅުގެ ނުވަ ރަށެއްގެ ސިއްހީ މަރުކަޒަށް ނަރުހުން ބޭނުންވެގެންނެވެ. އެގޮތުން އެންްމެ ގިނައިން ނަރުހުން ބޭނުންވެފައިވަނީ ގުރައިދޫ ސިއްހީ މަރުކަޒަށެވެ. ގުރައިދޫ ސިއްހީ މަރުކަޒަށް އަށް ނަރުހުން ބޭނުންވާ ކަމަށް އިއުލާނުކޮށްފައިވެއެވެ.

އެ މަގާމުތަކަށް ޝަރުތުހަމަވާ ފަރާތްތަކުން މި މަހުގެ 17ގެ 1400ގެ ކުރީން ހެލްތު މިނިސްޓްރީއަށް ހުށަހެޅުމަށް މިނިސްޓްރީއިން ވަނީ އެދިފައެވެ.

ހުޅުވާލީ ވަޒީފާތަކުގެ މުސާރައިގެ ގޮތުގައި 9060 އާއި 10940 ލިބެ އެވެ.

އޭގެ އިތުރުން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: