ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިިޑް 19: މިއަދު ޕޮޒްޓިވް ވެފައިވަނީ 83 މީހަކު!

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 83 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން މިހާރު ކުރިއަށް ގެންދާ ނޫސްކޮންފަރެންސްގައި ބުނެފައިވަނީ،  ރާއްޖެއިން ކޮވިޑަށް ފައްސިވެފައިވަނީ 83 މީހުން ކަމަށާއި އޭގެ ތެރޭގައި 61 ދިވެހިން ހިމެނޭއިރު 22 ބިދޭސީން ވެސް ހިމެނޭ ކަމަަށެވެ.

މިރޭގެ ސާވަލެންސް އަބްޑޭޓް ކިޔާދެއްވަމުން ޑރ. އިބްރާހިމް އަފްސަލް ވިދާޅުވީ މިހާރު ރާއްޖޭގައި މިބައްޔަށް ފައްސިވީ މީހުންގެ އަދަދު ވަނީ 8،667 އަށް އަރާފައި ކަމަށެވެ.
މިއަދު ފައްސިވީ 83 މީހުންގެ ތެރޭގައި ހިމެނެނީ 61 ދިވެހީންނާއި، 20 ބަންގްލަދޭޝް ރައްޔިތުންގެ އިތުރުން އިންޑިއާ މީހަކާއި ނޭޕާލް މީހެއް ކަމަށެވެ.

މިހާތަނަށް މިބަލިން ރާއްޖެއިން ޖުމްލަ 6،052 މީހަކު ވަނީ މިބަލިން ފަސޭހަ ވެފައެވެ. އަދި 29 މީހަކު މިބަލީގައި ރާއްޖެއިން ނިޔާވެފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: