ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާ އަކީ ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަ ގައުމެއް ނޫން: ސަފީރު

ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާ އަކީ ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަ ގައުމެއް ނޫން ކަމަށް ޗައިނާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ވިދާޅުވެއްޖެއެވެ.

ޗައިނާގެ ސަފީރު މިހެން ވިދާޅުވެފައިމިވަނީ އިދިކޮޅު ހަރަކާތްތަކަށް ޗައިނާ އިން ހަރަދު ކުރާ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ތުހުމަތު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅިގެން ޗައިނާގެ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަނުމަކީ ޗައިނާ އިން ގެންގުޅޭ ސިޔާސަތެއް ނޫންކަން މާޒީން ވަރަށް ސާފުވާ ކަމަށެވެ. އަދި ބަޔަކު ދައްކާ ދޮގު ވާހަކަތަކެއްގެ ސަބަބުން އެ ސިޔާސަތަކަށް ބަދަލެއް ނާންނާނެ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ރޭ ރާއްޖެޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި އާޒިމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ޗައިނާ އިން ނުވަނުމަށް އެދޭ ކަމަށާއި ފައިސާ ދީގެން ކަންކަން ނުކުރުމަށް ގޮވާލާ ކަމަށެވެ.

“ކަނޑައެޅިގެން ޗައިނާއިން ފައިސާ ދީގެން އަޅުގަނޑުމެންގެ މިއޮތް މާހައުލު، އަޅުގަނޑުމެންގެ މިގައުމު ހަލަބޮލި ކުރަން. މިއޮތް ނުރައްކާތެރި ދަނޑިވަޅުގައި މިގައުމު ހަލަބޮލި ކުރަން އެކުރާ މަސައްކަތް ނުކުރައްވާށޭ. އަޅުގަނޑު ބޭނުން ޗައިނާ ސަރުކާރަށް ވެސް އަދި ޗައިނާ ސަފީރާ އަޅުގަނޑު ބޭނުން މިވާހަތަކައް ދަންނަވަން. އެހެން ނަހައްދަވާށޭ” އާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: