ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ މީހަކު ފިޔަވާ އައްޑޫ އިން ކޮވިޑަށް ޕޮޒިޓިވްވި އެންމެން ރަނގަޅުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ އިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހަކު ފިޔަވާ އެހެން ހުރިހާ އެންމެން ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނީ އައްޑޫ ސިޓީ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހުން ފިޔަވާ އެންމެން ރަނގަޅުވެފައިވާ ކަމަށާއި ބަލިން ރަނގަޅު ނުވާ ދެ މީހުންނަކީ ގަމުން ޕޮޒިޓިވްވި ދެމީހުންން ކަމަށެވެ. އެ ދެ މީހުން ގެންދަނީ އައިސޮލޭޝަން މުއްދަތު ހަމަ ކުރަމުން ކަމަށް އެޗްއީއޯސީ އިން ބުންޏެވެ.

އައްޑޫ ސިޓީ އިން ޖުމްލަ 8 މީހަކު ކޮވިޑަށް ޕޮޒިޓިވްވިވެފައިވާ އިރު އައްޑޫ އިން ޕޮޒިޓިވްވި އެންމެންނަކީ ވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: