ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ގެންދާކަށް ނޫޅެ، ސަރުކާރުން އެފަދަކަމެއް ވިޔަކަ ނުދޭނެ: ޝިފާއު

މެމްބަރު މުހައްމަދު ޝިފާއު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ސަލާމް ކުރައްވަނީ--
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ގެންދާކަށް ނޫޅޭ ކަމަށާއި މި ސަރުކާރުން އެފަދަކަމެއް ވިޔަކަ ނުދޭނެ ކަމަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ސޯޝަލް މީޑިއާގައި “އިންޑިއާ އައުޓް”ގެ ނަމުގައި ބައެއް ފަރާތްތަކުން ވަނީ ކެމްޕޭނެއް ފަށާފައެވެ. އަދި ރާއްޖޭގެ އިދިކޮޅު ސިޔާސީ ދެ ޕާޓީ ޕީޕީއެމް/ޕީއެންސީ  ބުނާ ގޮތުގައި ރާއްޖޭގައި އިންޑިއާގެ 100 އަށް ވުރެ ގިނަ ސިފައިން އެބަތިބި ކަމަށާއި ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ބޭސްއެއް އަޅަން އުޅޭ ކަމަށެވެ.

އިދިކޮޅުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ސަންގު ޓީވީގެ “ހަބަރަށް ފަހު” ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ އިދިކޮޅުން އުޅެނީ އިންޑިއާއިން ރާއްޖެއަށް ވަމުންދާ އެހީތައް ފެނި ހަޖަމުނުކުރެވިގެން ކަމަށެވެ. އަދި ކޮވިޑް-19އާ ގުޅިގެން ދިމާވި ދަތިކަމުގައި އެއްވެސް ގައުމަކުން ރާއްޖެއަށް އެހީ ނުވާ ކަމަށް އިދިކޮޅުން ހީކުރި ނަމަވެސް އެހީ ކުންހީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

“ހަގީގަތަކީ އިދިކޮޅު ފަރާތްތަކުން ހީކުރީ އަޅުގަނޑުމެނަށް އެހީތެރިކަން ފޯރުކޮށްދޭނެ ބަޔަކު ނުވާނޭ، ސަރުކާރަށް މިކަން މެނޭޖެއް ނުކުރެވޭނޭ. ގައުމު ހުއްޓޭނޭ، ވެރިކަން ވެއްޓޭނޭ. އަޅުގަނޑުމެނަށް މި ޕެންޑެމިކް މެނޭޖުނުކުރެވި ސަރުކާރު މަގުމަތިން ވައްޓާލެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން އެ ދެކޭ ހުވަފެނީ ބިލާހެކޭ އަޅުގަނޑު ދަންނަވާނީ.” ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދާނެ އެއްވެސްކަމެއް މި ސަރުކާރަކުން ނުކުރާނެ ކަމަށާއި ރާއްޖެއަށް މުހިންމު ކަންކަމުގައި އިންޑިއާއިން އެހީވެދޭ ކަމަށެވެ.

“އަޅުގަނޑުމެން ދިވެހިރާއްޖެ އިންޑިއާގެ އަޅުވެތިވާ ލެވެލް އަކަށް އަދި މިނިވަންކަން ގެއްލޭ ލެވެލާ ކައިރިއަށްވެސް މި ސަރުކާރަކުން ކަމެއް ނުގެންދާނެ. ފެންނަން އޮތް ހަގީގަތް މިއީ. ގޮސްގެނެއް ނުވެސް އުޅޭ. ކޮންމެ ގައުމެއް އޮތް ނަމަވެސް އަޅުގަނޑުމެން ކަހަލަ ނިކަމެތި ގައުމެއް މި ޕެންޑެމިކް ތެރޭގައި ދުނިޔޭގެ އެހީ ނުހޯދައި ކޮންތާކަށް ދާނީ.” ޝިފާއު ވިދާޅުވިއެވެ.

ޝިފާއު އިތުރަށް ވިދާޅުވީ ސަރުކާރަށް ލިބޭ އެހީއާއި އެހީން ކުރާ ހަރަދު ތަފްސީލު ދެފުށް ފެންނަ ގޮތަށް ދެއްކުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށާއި މި ސަރުކާރުން އެއްވެސް ކަމެއް ރައްޔިތުންނަށް ވަންހަނާއެއް ނުކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: