ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނިމާދޫއަށް ޖެއްސި އިންޑިއާގެ ދެ އަސްކަރީ މަތިންދާބޯޓުގެ ފޮޓޯ ހިއްސާކުރި ދެ މީހަކު ހައްޔަރުކުރި ކަމުގެ ތުހުމަތު!

ހަނިމާދޫއަށް ޖެއްސި އިންޑިއާގެ ދެ އަސްކަރީ މަތިންދާބޯޓު--
ޝެއާރކޮށްލާ ކަހަލަދޯ؟

ހަނިމާދޫއަށް ޖެއްސި އިންޑިއާގެ ދެ އަސްކަރީ މަތިންދާބޯޓުގެ ފޮޓޯ ހިއްސާކުރި ދެ މީހުން ހައްޔަރުކުރި ކުރި ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ތުހުމަތު ކުރައްވައިފިއެވެ.

މިއަދު ހެނދުނު 10:00 ގައި އަދި 10:15 ގައި ހަނިމާދޫ އެއާޕޯޓަށް ޖައްސާފައިވަނީ އިންޑިއާގެ ކަނޑުގެ ސިފައިން ބޭނުން ކުރާ ޑޯނިއާ-228 މަރުކާގެ 2 މަތިންދާބޯޓެވެ.

މި ދެ އިންޑިއާގެ އަސްކަރީ ދެ މަތިންދާ ބޯޓު ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖެއްސުމާއި ގުޅިގެން އެމްއެންޑީއެފުން ބުނީ މިއީ ސިލްސިލާކޮށް ރާއްޖޭގެ އީއީޒެޑް ބެލުމަށް އެމްއެންޑީއެފްގެ ކޯސްޓް ގާޑުގެ ސިފައިންނާއި ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

މިކަމާ ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދެ މަތިންދާ ބޯޓުގެ ފޮޓޯ އަދި ވީޑީއޯ ހިއްސާކުރު ކަމަށް ތުހުމަތު ކޮށް ހަނިމާދޫ ދެ ރައްޔިތަކު ހައްޔަރު ކޮށް ފޯނުގެ ފޮޓީ އަދި ވީޑިއޯ ޑިލީޓު ކުރަން އެދުނު ކަމަށެވެ.

“އަޅުވެތިކަމާ ދެކޮޅަށް ދިވެހިން ތެދުވާނެ.” ޝިޔާމް ވިދާޅުވިއެވެ.

ޝީޔާމް އިތުރަށް ވިދާޅުވީ ދުނިޔޭގައި އެންމެ ބާރަށް ކޮވިޑް ފެތުރެމުންދާ ގައުމު އިންޑިއާގެ އަސްކަރީ ދެ މަތިންދާބޯޓު މިއަދު ހަނިމާދޫއަށް ޖައްސައިފި ކަމަށާއި ފްލައިޓުތައް އެއާޓްރެފިކް/އެމްއެންޑީއެފް ރާޑަރަކަށް ނާރާކަމަށެވެ.

“ފްލައިޓުތައް އަންނަކަން ކައުންސިލަށް އަންގަނީ ދާއިރާގެ މަޖިލިސް މެމްބަރު. އަންނަ ސިފައިން ރަށު ތެރެއަށް އެރުމަށް ހަމަޖެހިފައިވާއިރު އެޗްޕިއޭ ނިދާފައި.” ޝިޔާމް ވިދާޅުވިއެވެ.

 

 

ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ މިދުވަސްވަރު އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ޓްވިޓާގައި “އިންޑިއާ އައުޓް” ހޭޝްޓެގެއް ވަނީ އާއްމުވެފައެވެ.

ވަރަށް ގަދަ
16%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 71%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. މީ އަލަކަށް ހަނިމާދޫއަށް ޖައްސާ ބޯޓުތަކެއް ނޫން. ޝިޔާމުމެން އަނބުރާ ގޭހާ ދެކޮޅަށް މީހުން ތެދުވެއްޖެ. ވާނުވާ އެނގޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: