ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ އަހަރު ދުވަހުގެ މުސާރައާ އިނާޔަތް ތިން މިލިއަނަށްވުރެ ގިނަ!

ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި މުސާރައާ އިނާޔަތުގެ ގޮތުގައި ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިވަޑައިގެންފައި ވާކަން މާލީ ބަޔާނުން ސާފުވެއްޖެއެވެ.

މުސާރަ އާއި އިނާޔަރުގެ ގޮތުގައި ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ރައީސް ނަޝިދަށް ލިބިވަޑައިގެންނެވިކަން ހާމަކުރެއްވި މާލީ ބަޔާނަކީ މެއި 27، 2019 އިން މިއަހަރުގެ މެއި މަހު 28 ނިޔަލަށް އެކުލަވާލާފައިވާ ބަޔާނެކެވެ.

ރައީސް ނަޝީދުގެ އެހެން މެންބަރުންގެ މާލީ ބަޔާންވެސް ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި މިހާރު ވަނީ އާންމު ކޮށްފައެވެ.

މުސާރަ އާއި އިނާޔަތުގައި ގޮތުގައި ރައީސް ނަޝީދަށް 3.18 މިލިއަން ރުފިޔާ ލިބި ވަޑައިގަންނަވާފައިވާއިރު، އިންޓްރެސްޓްގެ ގޮތުގައި 36،029 ރުފިޔާ ލިބިވަޑައިގަންނަވާފައިވެއެވެ.

މާލީ ބަޔާނުގައި ވާގޮތުން ތިން ބޭންކެއްގައި ރައީސް ނަޝީދުގެ އެކައުންޓްތައް ހުޅުވާފައިވެއެވެ. އެގޮތުން ސްޓޭޓް ބެންކް އޮފް އިންޑިއާގެ އެކައުންޓްގައި ރައީސް ނަޝީދުގެ 1.59 މިލިއަން ރުފިޔާ އެބަހުއްޓެވެ.

އޭގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްގައި 41،471.71  ރުފިޔާ ހުރި އިރު، އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓުގައި ވެސް 76،979.62 ރުފިޔާ ހުއްޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދަށް މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 73،000 ރުފިޔާ އެވެ. ކުރީގެ ރައީސްގެ އިނާޔާތުގެ ގޮތުގައި 172،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ކުރީގެ ރައީސްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ އިނާޔަތުން 85،000ރ. ނުނަންގަވަން އެމަނިކުފާނު ކުރިން ވަނީ ނިންމަވައިފައެވެ.

އެގޮތުން މާލީ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 75،000ރ. އާއި ދިރިއުޅުއްވާ ތަނުގެ ޚަރަދު ހަމަޖެއްސުމަށް 10،000ރ ގެ އިނާޔަތް އުނިކުރަން ރައީސް ނަޝީދު ފިނޭންސް މިނިސްޓްރީގައި އެދިވަޑައިގެންފައި ވަނީ 2019 ވަނަ އަހަރުގެ ޖޫން މަސްތެރޭގައެވެ.

އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިނާޔަތްތަކުގެ ތެރެއިން ހަމައެކަނި ބޭނުންފުޅު ވަނީ އޮފީސް ހިންގުމުގެ ހަރަދާއި ސެކިއުރިޓީގެ ގޮތުގައި ދައުލަތުން ދޭ އިނާޔަތް ކަމަށް ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގައިވާ ގޮތުން، އެއް ދައުރު ރައީސް ކަން ކޮށްފައިވާ ބޭފުޅުންނަށް ކޮންމެ މަހަކު 50،000ރ. ދޭން ޖެހެ އެވެ.

އެއް ދައުރަށް ވުރެ ގިނަ ދުވަސް ވަންދެން ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދެނީ 75،000ރ. އެވެ. މީގެ އިތުރުން، ދިރިއުޅޭ ތަނުގެ ޚަރަދަށް ކޮންމެ މަހަކު 50،000ރ. ދޭން ޖެހެ އެވެ. އަދި އޮފީސް ހިންގުމުގެ ޚަރަދަށް މަހަކު ގިނަވެގެން 175،000ރ. އާ ހަމައަށް ގާނޫނުގެ ދަށުން ލިބިވަޑައިގަންނަވާނެ އެވެ.

އެކަމަކު 2016 ވަނަ އަހަރު ފިނޭންސް މިނިސްޓްރީން އެކަމާ ބެހޭގޮތުން އެކުލަވާލި އުސޫލު ބުނާގޮތުން ދިރިއުޅުއްވާނެ ތަނުގެ ކުއްޔާއި އެހެނިހެން ޚަރަދުތަކަށް މަހަކު ދެވޭނީ 30،000ރ. އެވެ. އަދި އޮފީސް ހިންގުމުގެ ޚަރަދު ވެސް ދެވޭނީ ފިނޭންސް އިން ކަނޑައެޅި އުސޫލުގެ ދަށުން ވަކި މިންވަރަށް ކަމަށް އެ އުސޫލުގައި ބަޔާން ކޮށްފައިވެ އެވެ.

ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާ ކުރީގެ ރައީސުންގެ އިނާޔަތުގެ ތެރެއިން ބައެއް އުނިކުރުމުން، އެމަނިކުފާނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާނީ މަހަކު 160،000ރ. އެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: