ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ އަސްކަރީ ދެ ބޯޓު ހަނިމާދޫ އެއާޕޯޓަށް ޖެއްސުމުގެ ހުއްދަ ދިނިން:، އިމިގްރޭޝަނަށް

މިއަދު ހެނދުނު ހަނިމާދޫ އިންޓަނޭޝަނަލަ އެއާޕޯޓްގައި ޖެއްސި އިންޑިއާ އަސްކަރިއްޔާގެ ބޯޓު ---
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ އަސްކަރިއްޔާގެ ދެ މަތިންދާ ބޯޯޓް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމުގެ ހުއްދަ ދިން ކަމަށް މޯލްޑިވްސް އިމިގްރޭޝަންއިން ބުނެފިއެވެ.

އިމިގްރޭޝަންއިން މިފަދައިން ބުނެފައި މިވަނީ އިންޑިއާގެ އަސްކަރިއްޔާގެ ދެ ޑޯނިއާ ބޯޓު ހަނިމާދޫ އެއާޕޯޓަށް ޖައްސާފައިވަނީ އިމިގްރޭޝަންއަށް ނޭގި ކަމަށް މީޑިއާތަކުގައި ރިޕޯޓު ކުރުމާއި ގުޅިގެންނެވެ.

އިމިގްރޭޝަން އިން ކުރި ޓުވިޓެއްގައި ބުނެފައި ވަނީ  އިމިގްރޭޝަނަށް އެންގުމަކާ ނުލާ މިއަދު ހަނިމާދޫ އެއަރޕޯޓަށް އަސްކަރީ މަތިންދާބޯޓެއް ޖެއްސިކަމަށް ބުނެ، ޚަބަރު ފަތުރާ ބައެއް ނޫސްތަކުގައި ލިޔެފައިވާ ލިޔުންތަކަކީ ސައްޙަ މަޢުލޫމާތެއް ނޫންކަމަށެވެ.

އެގޮތުން އިމިގްރޭޝަން ބުނެފައި ވަނީ އިންޑިއާގެ އަސްކަރިއްޔާގެ ދެ އުޅަނދަށް އިމިގްރޭޝަން ކްލިއަރެންސް ދީފައިވަނީ، އިމިގްރޭޝަނަށް ހުށަހަޅަންޖެހޭ ލިޔެކިޔުން ފުރިހަމަކޮށް، ހޯދަންޖެހޭ ހުއްދަތައް ހޯދާފައިވުމުން ކަމަށެވެ.

ގައުމީ ދިފާއީ ބާރުން ބުނެފައި ވަނީ އިންޑިއާގެ އަސްކަރިއްޔާގެ ދެ ޑޯނިއާ ބޯޓު ހަނިމާދޫ އެއާޕޯޓަށް ޖައްސާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ހިންގާ އޭރިއަލް ސަވައިލަންސް ޕެޓްރޯލުގައި ބައިވެރިވުމަށްކަމަށެވެ.

ހަނިމާދޫގެ އެއާޕޯޓަށް އިންޑިއާގެ އަސްކަރިއްޔާގެ ދެ ބޯޓު ޖައްސާފައިވަނީ، ސިލްސިލާކޮށް ރާއްޖޭގައި އީއީޒެޑް ބެލުމަށް އެމްއެންޑީއެފްގެ ސިފައިންނާއި ގުޅިގެން ކުރިޔަށް ގެންދާ އޮޕަރޭޝަނަކަށް ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. މިއީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ހިންގާ ސަވައިލަންސް ޕެޓްރޯލުގައި ބައިވެރިވުމަށް އައި ޑޯނިއާރ ބޯޓެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: