ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޫރުމަނާކޮށްފި! އެޗްޕީއޭގެ ގަވާއިދާ ހިލާފެއް ނުވަން: ރައީސް ވަހީދު

ރައީސް ވަހީދު މިއަދު ފުލުހަށް ހާޒިރުވެ ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަނީ-- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެޗްޕީއޭގެ ގަވާއިދާ ހިލާފު ނުވާ ކަމަށާއި ޖޫރިމަނާ ކުރީ ސިޔާސީ މަގްސަދެއްގައި ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު މިއަދު ފުލުސް އޮފީހަށް ހާާޒިރުކޮށް 1000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވަނީ ދާދިފަހުން މާލޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ސައިކަލު ބުރުގައި އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެފައިވާ ކަމަށް ބުނެއެވެ.

އެ އެއްވުން ނިންމާލުމަށްފަހު ޕީޕީއެމްގެ އޮފީސް ކުރިމަތީގައި އާންމުންނާ ވާހަކަދެއްކެވިއިރު ވަހީދު ހުންނެވީ މާސްކު ނާޅައެވެ.

މިއަދު ފުލުހަށް ހާޒިރުވެ ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ މިއީ ސިޔާސީ ކަމެއް ކަމަށާއި އެގޮތުން މިކަން ބޮޑު މައްސަލައަކަށް ވެގެން އުޅެނީ ސިޔާސީ ބަޔަކު އެއްވެފައި ތިބި ތަނެއްގައި ސިޔާސީ ވާހަކަތަކެއް ދެއްކުމުން ކަމަށެވެ.

“އެހެން ނޫނީ މަގުމަތީގައި މާސްކު ނާޅާ އުޅޭ މީހުންގެ ފޮޓޯ ނަންގަވާފައި ފުލުސް އޮފީހަށް ފޮނުވިޔަސް ހީއެއް ނުވޭ ހުރިހާ އެންމެން ގެންދާނެ ހެނެއް. އެހެންވީމަ ދެންނެވެން އޮތީ ސިޔާސީ ކަމެކޭ މިއީ” ވަހީދު ވިދާޅުވިއެވެ.

އެ ދުވަހުގެ އެއްވުމަށްފަހު އާންމުންނާ ވާހަކަދެއްކިއިރު މާސްކު ތިރިކުރެއްވި ކަމަށާއި ނަމަވެސް ހުންނެވީ އިމާރާތުގެ ތެރޭގައި ކަމަށްވެސް ވަހީދު ވިދާޅުވިއެވެ. އަދި މަގުމައްޗަށް ނިކުތްއިރު ހުންނެވީ މާސްކު އަޅައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާ ހިފާލަށް މާލޭގައި މުޒާހަރާ ކުރި ކަމަށް ބުނެ މީގެކުރިން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އެހެން ބައެއް އިސްވެރިން ވެސް ފުލުހަށް ހާޒިރުކޮށް ވަނީ 1،000 ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 40%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: