ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތިޔާރު އެޅި ސިފައިން ދާއިމީ ސިފައެއްގައި ރާއްޖޭގައި ތިބުމަކީ ކޮށްގެންވާނެކަމެއް ނޫން: ރައީސް ވަހީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ހަތިޔާރު އެޅި ސިފައިން ދާއިމީ ސިފައެއްގައި ރާއްޖޭގައި ގާއިމްކޮށްގެން ތިބުމަކީ ކޮށްގެންވާނެކަމެއް ނޫން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

އިދިކޮޅުން ބޭއްވި ސައިކަލް ބުރުގެ ތެރެއިން ރައީސް ވަހީދު އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފުވި ކަމަށް ބުނެ މިއަދު ވަނީ ފުލުހަށް ހާޒިރު ކޮށް 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.

މިއަދު ފުލުހަށް ހާޒިރުވެ ވަޑައިގެންނެވުމަށްފަހު ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަހީދު ވިދާޅުވީ ދިވެހިންނަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް އަކީ ވަރަށް މުގައްދިސް އެއްޗެއް ކަމަށް ކަމުގައި ދެކޭ ބައެއް ކަމަށެވެ.

“ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތަކީ ވަރަށް ‘ސޭކްރެޑް’ އެއްޗެއް. އެހެންވީމަ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލެއް ނުވާނެ ދާއިމީ ގޮތެއްގައި އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމްވެގެން ތިބުމެއް. އެހެނެއް ނޫން! ކަނޑައެޅިފައިވާ ވަކި މަޝްރޫއެއް ހިންގުމަށްޓަކައި ދެ ދައުލަތެއްގެ ދޭތެރޭގައި އެއްބަސްވެގެން ކަމެއް ނުކުރާށެކޭ ނޫން އަޅުގަނޑު މި ދަންނަވަނީ.” ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ އާންމުގޮތެއްގައި ގައުމެއްގައި ދާއިމީކޮށް އެހެން ގައުމެއްގެ ސިފައިން ގާއިމްވެފައި ތިބެނީ ހަނގުރާމައެއްކޮށް ނިމިގެން އެ ހަނގުރާމާގައި ބަލިވާ ގައުމުގައި މޮޅުވި ގައުމުގެ ސިފައިން ބޭތިއްބުން މަޖުބޫރުވާ ކަމަށެވެ. އެގޮތަށް ޖަޕާނުގައި އެމެރިކާ ސިފައިން އެތަބިކަމަށާއި ރާއްޖެ އަދި މިއޮތީ އެފަދަ ހާލަތެއްގައި ނޫން ކަމަށެވެ.

އިންޑިއާ އަސްކަރިއްޔާގެ ޑޯނިއާ މަތިންދާބޯޓުތަކެއް ރާއްޖެއަށް މިއަދު ހެނދުނު ޖެއްސުމާ ގުޅިގެން ގިނަ ފަރާތްތަކަކުން އަންނަނީ ބޭފުޅުން  ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި ހަތިޔާރާއެކު ތިބޭ ކަމަށް އެކި ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

ނަމަވެސް އެއްވެސް ގައުމެއްގެ ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ނެތް ކަމަށާއި ގާނޫނުއަސާސީ އާއި ރާއްޖޭގެ މިނިވަންކަން ސިފައިން ދަމަހައްޓާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ދާދި ފަހުން ވަނީ ވިދާޅުވެ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: