ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ސިފައިން ކަރަންޓީންވުމާ ގުޅޭ މައުލޫމާތު ހާމަނުކުރުމުން ސައީދުގެ ނުހުރުން ސަރުކާރަށް!

ޕީއެންސީގެ ނައިބު ރައިސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ހެނދުނު އިންޑިއާގެ އަސްކަރީ ދެ މަތިންދާބޯޓެއްގައި ރާއްޖެ އައި އިންޑިއާ ސިފައިން ކަރަންޓީނުވުމާ ގުޅޭ މައުލޫމާތު ހާމަނުކުރެވުމުން މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ރައީސް މުހައްމަދު ސައީދު ނުރުހުން ފާޅުކުރައްވައިފިއެވެ.

އެމްއެންޑީއެފުން މިއަދު ހެނދުނު ހަނިމާދޫ އެއާޕޯޓްގައި ޖެއްސި ސަވައިލެންސް ޑޯނިއާ މިމަހުގެ 16އާ ހަމައަށް ރާއްޖޭގައި އޮންނާނެ ކަމަށާއި އެ ބޯޓް ރާއްޖެ އައިސްފައިވަނީ “ސިލްސިލާކޮށް ރާއްޖޭގެ އީއީޒެޑް ބެލުމަށް އެމްއެންޑީއެފް ކޯސްޓް ގާޑްގެ ސިފައިންނާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަކަށް” ކަމަށެވެ.

އިންޑިއާގައި ކޮވިޑް-19ގެ ހާލަތުގައި މިހާ ގޯސްވެފައިވާ ދަނޑިވަޅެއްގައި އިންޑިއާ ސިފައިން ރާއްޖެ އައުމުން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އެ މީހުން އަމަލު ކުރާނެތޯ ނޫސްވެރިން ސުވާލު ކުރުމުން އާޒިމް ވިދާޅުވީ އިންޑިއާ ސިފައިން ވެސް އަމަލު ކުރާނީ އެޗްޕީއޭ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

އިންޑިއާ ސިފައިން ކަރަންޓީނު ކުރުމާ ގުޅޭގޮތުން، ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރުމުން ވެސް އެކަމަށް ރަސްމީ ޖަވާބެއް ލިބިފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ސައީދު ކުރެއްވި ޓްވީޓެއްގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައު ގޭބަންދުވަނީ ހަމައެކަނި ދިވެހިންތޯ ސުވާލު ކުރައްވާފައެވެ.

“މިކަމުގައި އެޗްޕީއޭގެ އިސްވެރިން ޒިންމާ ނުނަންގަވައިނަމަ ގާނޫނުގެ ބާރުކެނޑެނީތޯ؟ މިދުވަސްވެސް ދާނެކަން ޔަގީން ކޮށް ރައްޔިތުން އިސްކުރައްވާ.” ސައީދު ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައި، އެ މަތިންދާ ބޯޓުތައް އައި ސަބަބު ސާފުކޮށްދިން ނަމަވެސް، އޭގައި އައި އިންޑިއާ ސިފައިންގެ އަދަދެއްވެސް ނުބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: