ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯނޑެއްދުއިން އިތުރު 10 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ހޯނޑެއްދޫއިން ކޮވިޑް19 ޕޮޒިޓިވް އިތުރު 10 މީހަކު ދެނެގަނެވިފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

މާލެ ސިޓީގެ އިތުރުން ކޮވިޑްގެ ބަލި މީހުން އެންމެ ގިނައިން ތިބީ ހޯނޑެއްދޫގަ އެވެ. އެ ރަށުގެ 35 މީހަކު މިވަނީ ޕޮޒިޓިވްވެފަ އެވެ.

އެޗްއީއޯސީން މިރޭ ބުނީ، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވިގެން ނެގި ސާމްޕަލްތަކުގެ ތެރެއިން އިތުރު 10 މީހެއްގެ ސާމްޕަލްގެ ނަތީޖާ ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް އަންހެނުންނާއި ފަސް ފިރިހެނުންނެވެ.

އެޗްއީއޯސީން ބުނީ ފަހުން ޕޮޒިޓިވްވި މީހުންގެ ތެރެއިން 8 މީހުންނަކީ ކުރިން ޕޮޒިޓިވްވި ކޭސްތަކުގެ ޑައިރެކްޓް ކޮންޓެކްޓުން ކަމަށާއި، އަދި ދެ މީހުންނަކީ ސެކަންޑަރީ ކޮންޓެކްޓުން ކަމަށެވެ.

މީގެ އިތުރުން އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އުމުރުން 80 އަހަރުގެ ފިރިހެނަކާއި 64 އަހަރުގެ އަންހެނަކު ގއ. ވިލިނގިލީ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއަށް ބަދަލުކޮށް އެޑްމިޓްކޮށްފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އުމުރުން 80 އަހަރުގެ ފިރިހެން މީހާގެ ހާލަތު މިވަގުތު އެހާ ރަނގަޅެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: