ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑާއެކު ޑިޖިޓަލް އިކޮނޮމީއެއްގެ މުހިއްމުކަން އިހްސާސް ވެއްޖެ: މަލީހް

މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް: ފޮޓޯ ކޮމިއުނިކޭޝަން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ޑިޖިޓަލް އިކޮނޮމީއެއްގެ މުހިއްމުކަން މިއަަދު އިހުސާސްކޮށްދީފައި ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަލީހު މިފަދައިން ވިދާޅުވީ، ވޯލްޑް ސަމިޓް އޮން ދަ އިންފޮރމޭޝަން ސޮސައިޓީ(ޑަބްލިއުއެސްއައިއެސް)ގެ 2020 ވަނަ އަހަރުގެ މިނިސްޓީރިއަލް ރައުންޑް ޓޭބަލްގައި ވާހަކަދައްކަވަމުންނެވެ.

އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގައުމުގެ ރައްޔިތުންނަށް ހިދުމަތްކުރުމުގައްޔާއި ސަރުކާރުގެ ޙިދުމަތްތައް ހަރުދަނާކުރުމަށް ޑިޖިޓަލް ޓްރާންސްފޮމޭޝަން ވަރަށް މުހިއްމު ކަމަށެވެ. މިއަދު ޑިޖިޓަލް އިކޮނޮމީއެއްގެ ދެމެހެއްޓެނިވި ތަރައްޤީ އާއި ކުރިއެރުމަށް ޑިޖިޓަލް ސަރުކާރެއްގެ ރޯލު ވަރަށް މުހިއްމުކަމަށްވެސް މިނިސްޓަރު މަލީހު ވިދާޅުވިއެވެ. މިނިސްޓަރު ވަނީ ރާއްޖެއަކީ ގިނަ ގޮންޖެހުންތަކާއި ދިމާވެފައި އޮތް ޤައުމެއް ކަމުގައި ވީ ނަމަވެސް ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު އައިސީޓީ ޑިވޮލޮޕްމަންޓް އިންޑެކްސް އިން އެންމެ ކުރީގައި ރާއްޖެ ހިމެނޭކަން ފާހަގަކުރައްވާފައެވެ.

މަލީހް ވިދާޅުވީ ރާއްޖޭގެ އިންޓަނެޓް ހިދުމަތް ރަނގަޅުކުރަން އަދިވެސް ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށެވެ. އިންޓަނެޓާ ގުޅުން ހުރި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން ބޭނުން ނަމަ، ސަބްމެރިން ކޭބަލް ސިސްޓަމް އިތުރުކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބްރޯޑްބޭންޑް ޑިވައިޑް ކުޑަކުރެވޭނެ ގޮތްތައް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި އެވެ. ސަބްމެރިން ކޭބަލް އިތުރުކުރުމުގެ އިތުރުން ނެޓްވޯކް ކަވަރޭޖްގެ ފެންވަރު ރަނގަޅުކުރުމާއި އައިސީޓީގެ ލީގަލް ފްރޭމްވޯކް ހަރުދަނާ ކުރުން ވެސް މުހިއްމު ކަމަށް މަލީހު ވިދާޅުވި އެވެ.

އެކި ގައުމުތަކުގެ ކޮމިއުނިކޭޝަން އާއި ޓެކްނޮލޮޖީ މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން މި ބައްދަލުވުމުގައި ބައިވެރިވަޑައިގަތެވެ. މި ބައްދަލުވުން މޮޑަރޭޓްކުރެއްވީ އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައިޓީޔޫ) ގެ ސެކަޓަރީ ޖެނެރަލް ހޫލިން ޒައު އެވެ.

އިންޓަނެޓްގެ ހިދުމަތް ރާއްޖެއަށް ތައާރަފްކޮށްފައި ވަނީ 1996 ވަނަ އަހަރެވެ. ވޭތުވެ ދިޔަ 24 އަހަރު ތެރޭގައި ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތަށް ގިނަ ކުރިއެރުންތަކެއް އަރާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިދިޔަ އަހަރު ރާއްޖެއަށް 5ޖީ ގެ ހިދުމަތް ތައާރަފްކުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއަށް އިންޓަނެޓް ހިދުމަތް ދޭން އަޅާފައިވާ ދެ ސަބްމެރިން ކޭބަލް އަކީ، މުއާސަލާތީ ހިދުމަތްތައް ރާއްޖޭގައި މިހާރު ވެސް ދެމުން އަންނަ އޫރީދޫ އާއި ދިރާގުން އަޅާފައިވާ ކޭބަލްތަކެކެވެ. މި ދެ ކުންފުނި ގުޅިގެން އިތުރު ސަބްމެރިން ކޭބަލްއެއް އަޅަން މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެމެރިކާގެ ވައިޓްހައުސްގެ އޯވަލްއޮފީހާ އެއްގޮތަށް އޮފީސް ހަދައިގެން ގޭގައި ބޮޑު ކައްކާ އަކަށްވެގެން އުޅުނަކަސް ތިޔަބުނާ ކަމެއް ނުވާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: