ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑް19 އަށް ޓެސްޓްކުރުމުގެތެރެއިން... ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ އެވެ. މިއީ ރާއްޖެއިން މި ބަލި ޖެހިގެން މަރުވި30 ވަނަ މީހާއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ މިއަދު ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ހޯދަމުން ދިއަ މީހެއްކަަމަށެވެ. އަދި އެއީ 60 އަހަރުގެ ދިވެހި ފިރިހެނެއްކަަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 އާ ގުޅުން ނެތް މަރެއްގެ ގޮތުގައި ހަ މަރެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ނިޔާވި ފަހުން ކޮވިޑް-19 އަށް ޓެސްޓު ހެދުމުން އެ ބައްޔަށް ފައްސިިކަން ކަށަވަރު މީހުންނެވެ.

މި ބަލީގައި އިތުރު މީހަކު ރާއްޖެއިން ނިޔާވިއިރު، ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 8,741 އަށް އަރާފައެވެ. އަދި މި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 6,157 އަށް އަރާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: