ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުުއްފުށިން މަރުވި މީހާއަކީ ކޮވިޑް-19ގެ މަރެއް، އަދަދު 31 އަށް

ކޮވިޑް-19 އަށް މީހަކު ޓެސްޓުކުރަނީ. މި ބަލީގެ ނުރައްކާތެރިކަން މިހާރު ވަނީ އިތުރުވެފަ. ފޮޓޯ: ޢަބްދުﷲ އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ކުޅުދުއްފުށިން ނިޔާވި މީހާއަކީ ކޮވިޑް-19ގެ މަރެއް ކަމަށް ކަނޑައަޅައިފި އެވެ. މި އާއެކު މަރުވި މީހުންގެ ޖުުމުލަ އަދަދު މިވަނީ31 އަށް އަރާފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ވިދާޅުވީ، ހއ. ކެލާގަައި ކަރަންޓީންގައި ހުރި ކެންސަރު ބަލީގެ މީހަކު، ކުޅުދުއްފުށި ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށެެވެ. އަދި އެ މީހާ ނިޔާވީ ރޭ 8:15 އެހާކަންހާއިރު ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

އަދި މިހާރު އެޗްޕީއޭއިން ވަނީ އެމީހާ ނިޔާވީ ކޮވިޑް-19 ބަލީގައި ކަން ކަނޑައަޅާފައެވެ.

މީގެ އިތުރުން މިރޭވެސް ވަނީ މި ބަލީގައި 60 އަހަރުގެ ދިވެހި ފިރިހެނެއް މަރުވެފައެވެ.

އެއީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: