ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގައި ބްރޯ އާއި ގޭންގް އުފެދި، ނުހަދަން ވައުދުވި ހުރިހާ ގޯހެއް އެބަހަދާ: ޖަމީލު

ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ ތެރޭގައި ބްރޯ އާއި ގޭންގް އުފެދި، ރިޔާސީ އިންތިހާބުގައި ނުހަދަން ވައުދުވި ހުރިހާ ގޯހެއް އެބަހަދާ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވިއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޮލުގައި އެންމެން ވެގެން ވައްކަމުގެ ތުހުމަތު އަޅުވަން އުޅޭ ކަމަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ކަމަށް ބުނާ ހަބަރެއްގެ ސްކްރީން ޝޮޓް ހިއްސާ ކުރަވަމުންނެވެ.

ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެން ސަރުކާރު ބޮލުގައި ވައްކަން އަޅުވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވާތީ ހައިރާންވާ ކަމަށާއި ވައްކަން މިކުރަނީ ލޯކުރިމަތީގައި ކަމަށެވެ.

“މަޖިލިސް ރައީސަށްވެސް ފިޔަވަޅެއް އެޅިދާނެ ކަމާމެދު ޝައްކު. އެމްޑީޕީގައި ބްރޯ އާއި ގޭންގް އުފެދުނީ؟ ނުހަދަން ވަޢުދުވި ހުރިހާ ގޯހެއް އެބަހަދާ. ފައިނޭންސް މުގުލުގައި.” ޖަމީލު ވިދާޅުވިއެވެ.

އެމްޑީޕީ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ އިރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، މަގާމުގެ މައްސޫލިއްޔަތުން ދުރަށްޖެހިވަޑައިގަތުމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝިދު ވަނީ ރަސްމީކޮށް އެދިވަޑައިގެންފައެވެ.

ފައްޔާޒަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ރައްދުކުރައްވައި، ރައީސް ނަޝީދު އިސްވެ ހުންނަވާ، ފައްޔާޒުގެ މިނިސްޓަރުކަމުން ދުރުކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށްޓަކައި މިދިޔަ މަހުގެ ކުރީކޮޅު އެމްޑީޕީގެ ތެރެއިން މަސައްކަތް ވަނީ ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: