ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯނޑެއްދޫ އިން ޖުމްލަ 36 މީހުން ޕޮޒްޓިވް، ބަލި ދިޔަ ގޮތް އަދިވެސް ނޭންގޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ހޯނޑެއްދޫއިން އަނެއްކާވެސް އިތުރު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު36 އަށް އަރައިފިއެވެ.

ހޯނޑެއްދޫއިން އެންމެ ފުރަތަމަ ކޮވިޑް 19 ގެ ކޭސްތައް ފެނިިފައިވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު ޕޮޒިޓިވްވީ ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ.

 އޭގެ އިތުރުން އެރަށުން ޕޮޒްޓިވްވެފައިވާ އިތުރު  ދެ މީހުންނަކީ ރަށު ތެރެއިން ނެގި ސާމްޕަލް ތަކުން ކޮވިޑް-19 ފައްސިވި ދެ މީހެކެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެތަނުގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވީ އެ މީހުންނާ ކޮންޓެކްޓްވި 111 މީހުން އެބަ ތިބި ކަމަށާއި އޭގެ ތެރެއިން، 63 މީހުން އަލާމާތް އެބަހުރި ކަމަށެވެ. އަދި އިއްޔެ 10 ކޭސް ފެނުނުކަމަށާއި، ސާމްޕަލްތައް ނަގާ ޓެސްޓް ކުރުމާއެކު އޭގެތެރެއިން އެކަކު ޕޮޒިޓިވްކަން އެނގެފައިވާ ކަމަށެވެ. އިތުރަށް ނަޒްލާ ވިދާޅުވީ  މިހާރުވެސް އެރަށުގައި ސާމްޕަލް ނެގުމުގެ ކަން ކަން ކުރިއަށް ދާކަމަށެވެ.

ހޯޑެއްދޫއަށް ބަލި ދިޔަ ގޮތް އަދިވެސް އެނގެން ނެތް ކަމަށާއި އެ ރަށަށް ބަލި ފެތުރު ގޮތް ހޯދުމަށް ކޭސް ސްޓަޑީގެ މަސައްކަތް ދަނީ ކުރަމުންދާ ކަމަށް އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: