ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ހަށިކޮޅުގައި އަލިފާން ޖަހަން ގޮވި މައްސަލާގައި ޗެނަލް 13 އަށް އިންޒާރުދީ މާފަށް އެދެން އަންގައިފި

ބްރޯޑްކޮމްގެ މެމްބަރުން--
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަން ޖެހޭކަމަށް ބުނެ ޗެނަލް13 އިން ގެނެސް ކޮންޓެންޓާ ގުޅިގެން މާފަށް އެދެން އަންގައި އެފަދަ ކަންކަން ތަކުރާރުވާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޯޑްކާސްޓިން ކޮމިޝަނުން ދީފިިއެވެ.

ޗެނަލް13 އިން ގެނެސްދިން “ރައްޔިތުންގެ އަޑު” ކިޔާ ޕްރޮގްރާމަކަށް ގުޅި މީހަކު ވަނީ ރައީސް ސޯލިހުގެ ހަށިކޮޅުގައި މިހާރުން މިހާރަށް އަލިފާން ޖަހަން ފެންނަ ކަމަށް ބުނެފައެވެ.

ބްރޯޑްކޮމް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި މަހުގެ 3 ވަނަ ދުވަހު ޗެނަލް 13 އިން ގެނެސްދިން “ރައްޔިތުންގެ އަޑު” ޕްރޮގްރާމުގައި ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓުގައި “އަޅުގަނޑަށް ފެންނަނީ މިހާރުން މިހާރަށް ވެސް، ވާހަކަ އަކީ އިބްރާހިމް މުހައްމަދު ސޯލިހު ގައިގައި އަލިފާން ޖަހަން” ގޮވާލާ ދައްކާފައިވާ ވާހަކައަކީ ބްރޯޑްކާސްޓުކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފަށް ބްރޯޑްކާސް ކޮށްފައިވާ ކޮންޓެންޓެއް ކަމަށެވެ.

އަދި އެ މައްސަލަ ބެލުމަށް ފަހު މިއަދު ނިންމާފައިވަނީ ޗެނަލް 13 އިން ގެނެސްދިން ކޮންޓެންޓަކީ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފް ކޮންޓެންޓެއް ކަމަށާއި އެހެންވެ، މާފަށް އެދި ބަޔާނެއް ނެރުމަށާއި އަދި އަންނަ ހޯމަ ދުވަހުގެ ކުރިން ދެ ދުވަހަކު އެ ޗެނަލްގެ “ރައްޔިތުންގެ އަޑު” ޕްރޮގްރާމް ފެށުމުގެ ކުރިންނާއި އަންނަ ހޯމަ ދުވަހުގެ ކުރިން ދެ ދުވަހެއްގެ ރޭގަނޑު 8 އާއި 9 އާ ދެމެދުގެ ވަގުތެއްގައި ވެސް، މާފަށް އެދޭ ބަޔާން އާންމު ކުރަން އަންގާ ކަމަށެވެ.

ބްރޯޑްކޮމް އިން ބުނީ މިއީ ޗެނަލް 13 އިން ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފްވި ފުރަތަމަ ފަހަރު ކަމަށް ވިޔަސް، އެފަދަ އަމަލުތައް ތަކުރާރުވަމުންދާތީ އާއި މައްސަލައިގެ ޚައްސާސް ކަމަށް ބަލައި، އެކަން ތަކުރާރުވާ ނަމަ ގާނޫނާއި ގަވާއިދުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދޭ ކަމަށެވެ.

މިކަމާއި ގުޅިގެން ޗެނަލް 13 އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެޕްރޮގްރާމަށް ގުޅި މީހާ ފާޅުކުރީ އެމީހާގެ އަމިއްލަ ޚިޔާލު ކަމަށާއި ޓެރަރިޒަމަށް މަގުފަހިވާފަދަ އެއްވެސް ޢަމަލަކަށް އެޗެނަލުން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ރައީސްގެ ހަށިކޮޅުގައި އަލިފާން ޖަހަން ގޮވާލި މީހާގެ ކޯލު އެވަގުތު ކަނޑާލި ކަމަށް ވެސް ބަޔާނުގައިވެއެވެ.

“އެހެން ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަކަށްޓަކައި ބެލުންތެރިންގެ ކިބައިން މައާފަށް އެދެމެވެ،” ޗެނަލް13 އިން ބުނެފައިވެ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: