ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާފިއުއާ ހިލާފު ވެގެން ދެ ހަފުތާ ތެރޭ 550 މީހުުން ޖޫރިމަނާ ކޮށްފި

ކާފިއު ގަޑީގައި ފުލުހުން ހިންގާ އޮޕަރޭޝަންގެ ތެރެއިން-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާ ގުޅިގެން އިއުލާނުކޮށްފައި ކާފިއު އާ ހިލާފުވެގެން ދެ ހަފްތާ ތެރޭ 550 މީހުން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން ރޭގަނޑު 10 އިން ފަތިހު ފަހަކަށް ބޭރަށް ނިކުތުން ވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑު 8 އިން ފަތިހު 5 އަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން ވެސް ވަނީ މަނާކޮށްފައެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 22 އިން މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކާފިއު އާއި ހިލާފުވެގެން 1143 މީހަކަށް ނަސޭހަތްދީ 550 މީހުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ރޭގަނޑު 10 އިން ފަތިހު ފަހަކަށް ބޭރުގައި އުޅުން މަނާކޮށް މިވަގުތުތަކުގައި ބޭރުގައި އުޅޭ މީހުންނަށް ނަސޭހަތްދީ، ތަކުރާރު ކުރާނަމަ 1،000 ރުފިޔާ އިން ޖޫރިމަނާ ކުރެ އެވެ. މީގެ އިތުރުން މާސްކް ނާޅައި ބޭރުގައި އުޅުން ވެސް ވަނީ މަނާކޮށްފައެވެ. މާސްކު ނާޅައި އުޅޭނަމަ ފުރަތަމަ ފަހަރު ނަސޭހަތްދީ، އެކަން ތަކުރާރު ކުރާނަމަ 1،000 ރުފިޔާ އިން ޖޫރިމަނާ ކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: