ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ސިޓީފުޅަކީ އަމިއްލަ ވިސްނުންފުޅެއް ނޫން، އެއީ ޕާޓީގެ އެންމެ އިސް ފަރާތުގެ ވިސްނުން: ހަސަން ލަތީފް

އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، މަގާމުން އެކަހެރިވެވަޑައިގަތުމަށް އެދިވަޑައިގެން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވި ސިޓީފުޅަކީ ރައީސް ނަޝީދުގެ އަމިއްލަ ވިސްނުންފުޅު ނޫން ކަމަށާއި އެއީ އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ފޮނުއްވި ސިޓީފުޅެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ފިޔަވަޅު އަޅައިދިނުމަށް އެދި އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ ފޮނުއްވި ސިޓީއަށް ޖަވާބް ދެއްވަމުންނެވެ.

ސީޓިގައި ޝުއައިބު ވިދާޅުވެފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް، ގާނޫނީ މަސްއޫލިއްޔަތުން އެކަހެރި ކުރެއްވުމަށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހަސަން ލަތީފަށް ފޮނުއްވާފައިވާ ސިޓީފުޅަކީ، ޕާޓީގެ އުސޫލުތަކާއި ހިލާފަށް ޕާޓީގެ ވަސީލަތްތައް ބޭނުން ކުރެއްވުމަށް ބާރު އަޅުއްވައި ފޮނުއްވި ސިޓީފުޅެއް ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ އަމިއްލަ ސިޓީފުޅެއް ކަމަށާއި އެއީ ހިޔާލުފުޅެއް ކަމަށްވެސް ޝުއައިބު ވިދާޅުވިއެވެ. އަދި  ރައީސް ނަޝީދުގެ ވިސްނުންފުޅު މިހާރު ގެންގުޅުއްވަނީ ބަދަލު ހިއްޕެވުމުގެ ރޫހުގައި ކަމަށް ގަބޫލުކުރާ ކަމަށް ޝުޢައިބް ވަނީ ވިދާޅުވެފައެވެ.

ޝުޢައިބުގެ ސިޓީއަށް ޖަވާބް ދެއްވަމުން ހަސަން ލަތީފް ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ފޮނުއްވި ސިޓީފުޅުގައި އެދިވަޑައިގެންފައިވާ ކަންކަން ކުރުމަށް ޕާޓީގެ ވަސީލަތްތައް ބޭނުން ކުރުމަށް އޭނާ އަށް ނުޖެހޭ ކަމަށާއި އަދި ބޭނުން ކޮށްފައި ވެސް ނުވާނެ ކަމަށެވެ.

މީގެއިތުރުން ހަސަން ލަތީފް ވިދާޅުވީ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލްއާއި ގުޅޭ ގޮތުން ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ވިދާޅުވެފައިވާ ވާހަކަފުޅުތަކަކީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ސިޔާސީ ނަހަމަ ނުފޫޒް ފޯރުވުން ކަމަށް ޝުޢައިބް އަށް ގަބޫލު ކުރެއްވުނު ނަމަވެސް އޭނާ އެގޮތަށް ގަބޫލު ނުކުރައްވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދު ފޮނުއްވާފައި ސިޓީފުޅަކީ ރައީސް ނަޝީދުގެ އަމިއްލަ ހިޔާލްތަކުގެ މައްޗަށް ބިނާކޮށް ފޮނުއްވާފައިވާ ސިޓީފުޅެއް ނޫން ކަމަށާއި އެއީ ޕާޓީގެ ރަސްމީ ސިޓީއެއް ކަމަށާއި އަދި އެ ސިޓީ އަކީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ފޮނުއްވި ސިޓީއެއް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ޝުޢައިބް އަށް ފޮނުއްވި ސިޓީ

ހަސަން ލަތީފް ވިދާޅުވި ގޮތުގައި ޕާޓީގެ ރައީސްގެ މަގާމަކީ ޕާޓީގެ އެންމެ އިސް މަގާމެވެ. އެގޮތުން ޕާޓީގެ ރައީސް އަކީ ސިޔާސީ ކަންކަމުގައި ޕާޓީ ތަމްސީލްކުރާ އަދި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ވާޖިބް އަދާކުރާ އެންމެ އިސް ފަރާތްކަމަށް ވެސް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މުހައްމަދު ނަޝީދުގެ ވިސްނުންފުޅު ޕާޓީގެ އާންމު މެމްބަރުންނާއި ހިއްސާ ކުރެއްވުމާއި، އެ ވިސްނުންފުޅާއި އެއްގޮތަށް ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ އިސް ދައުރު އަދާ ކުރުމަކީ ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

ހަސަން ލަތީފްއަށް ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ފައްޔާޒް މަގާމުން އެކަހެރިވެވަޑައިގަތުމަށް ފެނިވަޑައިގަންނަވަނީ އެމްޑީޕީ އަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށެވެ. މިކަމުގައި، މިނިސްޓަރު ފައްޔާޒުއާ ވެސް އެއްވެސް ޒާތީ ކަމެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ އަކީ އަބަދުވެސް ވަރަށް ސާފު ޕާޓީއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކަމަށާއި އެމްޑީޕީގެ ފުރަތަމަ ކުރު ވެރިކަން ނިމުނުއިރު ވެސް ޕާޓީގެ އެންމެ ސާފު އެއް ސިފައަކީ ޕާޓީގެ މަގާމުތައް ފުރުއްވާ ބޭފުޅުންގެ ކޮރަޕްޝަންގެ އަމަލުތައް މަދުކަން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
9%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 55%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 18%ވަރަށް ދެރަ 9%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: