ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލ. އަތޮޅުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ސެޕްޓެބަރ 09 ވަނަ ދުވަހު ލ. އަތޮޅުގެ ދެ ރަށެއްގައި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއް ހިންގައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ހިންގި ފުރަތަމަ އޮޕަރޭޝަނަކީ ފޮނަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

އެ އޮޕަރޭޝަނުގައި ފޮނަދޫ ބަނދަރު ސަރަހައްދުން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީކޮތަޅެއް ފެނިފައިވާކަަމައް ފުލުހުން ވިދާޅުވިއެވެ.

ދެ ވަނަ އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސާއި އިސްދޫ ޕޮލިސް ސްޓޭޝަނުން ގުޅިގެން ހިންގި އޮޕަރޭޝަނެެކެވެ. އެ އޮޕަރޭޝަނުގައި، ކަލައިދޫ ބަނދަރުގައި އޮތް ފެރީއެއް ބަލައި ފާސްކުރިއިރު މަަަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެެޓު ފެނިފައިވެއެވެ. މި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެެ.

މި ދެ މައްސަލަވެސް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: