ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުންނާ ބައްދަލު ކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ އިބްރާހިމް ޙަސަން ސިވިލް ސަރވިސް ކޮމިޝަންއަށް ޢައްޔަނު ކުރެއްވުނު މެމްބަރުންނާއި ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޑރ އިބްރާހިމް ޙަސަން ވަނީ ސިވިލް ސަރވިސް މުވައްޒަފުންގެ އޮނިގަނޑު މިހާރު އެކުލަވާލެވިފައިވާ ގޮތުން ދިމާވާ ދަތިތަކާއި ބެހޭގޮތުން އަލިއަޅުވާލައްވާ ޥަހަކަފުޅު ދައްކަވާފައެވެ.
މީގެ ތެރޭގައި ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން ވަކިނުކޮށް އެއް ވުޒާރާއިން އަނެއް ވުޒާރާއަށް ވަޒީފާ ބަދަލު ކުރެވޭނެ ނިޒާމެއް ހޯދައި ދިނުމާއި، މޯލްޑިވްސް ޕޮލިޓެކްނިކް އަދި ޓިވެޓް އޮތޯރިޓީއަށް ބޭނުންވާ ޓެކްނިކަލް އަދި ޕްރޮފެޝަނަލް މުވައްޒަފުން ހޯދުމުގައި އޮނިގަނޑު އެކުލަވާލެވިފައިވާ ގޮތުން ހުރި ދަތިތައް ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުންނާއި ހިއްސާ ކުރެއްވިއެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްގެ ވާހަކަފުޅުގައި ސަރުކާރުގެ މަސައްކަތްތައް ތަންފީޒު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަން މެމްބަރުންގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމަށާއި އަދި ސިވިލް ސަރވިސް އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ޤާނޫނު ތަންދިން އެންމެ ފުޅާމިނެއްގައި ގެންނަވާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ޑރ އިބްރާހިމް ޙަސަން ނިންމާލައްވަމުން ފާހަގަ ކުރެއްވި ގޮތުގައި ސިވިލް ސަރވިސް ކޮމިޝަންގެ އާ މެމްބަރުންތަކާއެކު ހެޔޮ ބަދަލުތަކަކަށް އުއްމީދު ކުރައްވާ ކަމަށެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: