ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ މަހު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 36 މައްސަލައަކާއި ރޭޕްގެ ތިން މައްސަލައެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އޮގަސްޓު މަހު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 36 މައްސަލައަކާއި ރޭޕްގެ ތިން މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ރިޕޯޓް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީ އިން މިއަދު އާންމުކުރި އޮގަސްޓު މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެ މިނިސްޓްރީ އަށް ޖުމްލަ 184 މައްސަލަ ވަނީ ރިޕޯޓު ކޮށްފަ އެވެ.

އޭގެތެރެއިން 103 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތައް ކަމަށްވާއިރު، މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 36 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

މިއަދު އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ 28 މައްސަލަ މިދިޔަ މަހު ރިޕޯޓުކުރި އެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ނަފްސާނީ އަނިޔާ ކުރުމާއި އަނގަބަހުން ކުރެވޭ އަނިޔާތަކާއި، ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ.

މި ބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 24 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 20 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 8 މައްސަލަ، ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 5 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 7 މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 3 މައްސަލަ ހިމެނެއެވެ.

މީގެ އިތުރުން ރޭޕްކުރުމާ ގުޅޭ 3 މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ 2 މައްސަލަ، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލަ، މާލީ/ އިޤްތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލަ އަދި އިހުމާލުވުމުގެ 1 މައްސަލަ ހިމެނެއެވެ.

ތަފާސްހިސާބުގައިވާ ގޮތުން 22 އަންހެނަކާއި ހަ ފިރިހެނަކަށް ވަނީ މިދިޔަ މަހު މި މައްސަލަތައް ކުރިމަތިވެގެން ރިޕޯޓުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: