ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައްކަން ހުއްޓުވޭނީ އެކަން ކުރާ ފަރާތްތަކަށް ހައްގު އަދަބު ދެވިގެން: އުޝާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ވައްކަން ހުއްޓުވޭނީ އެކަން ކުރާ ފަރާތްތަކަށް ހައްގު އަދަބުދެވިގެން ކަމަށް ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރެވުނު ބައެއް ރިސޯޓުތަކުގައި ތިބި ފަރާތްތަކަށާއި މާލޭގައި ހާލުގައި ޖެހުނު ފަރާތްތަކުގެ ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ބާޒާރުގައި މުދާ ލިބެން ހުންނަ އަގުތަކަށް ވުރެ ބޮޑު އަގުގައި، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ތަކެތި ގަނެފައިވާ ކަމަށް ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަވުމާ ގުޅިގެންނެވެ.

އެގޮތުން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބާޒާރުގައި 720ރ އަށް ލިބެން ހުރި ތެޔޮ މަސްދަޅު ކޭހެއް 1040ރ އަށް އަދި ސަރުކާރުން ހަކުރު ކިލޯއެއްގެ އަގު 4.82ރ އަށް ކޮންޓްރޯލްކޮށްފައިވާއިރު ހަކުރު ކިލޯއެއް 16ރ އަށް ގަނެފައިވާ ކަމަށެވެ.

“ވައްކަން ހުއްޓުވޭނީ އެކަން ކުރާ ފަރާތްތަކަށް ހައްގު އަދަބުދެވިގެން.” އުޝާމް ވިދާޅުވިއެވެ.

ކޮވިޑް19އާ ގުޅޭ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން އާންމުކޮށް ތަކެތި ގަންނަން ލިބެން ހުންނަ އަގަށް ވުރެ އެތައް ގުނައެއް ބޮޑު އަގުގައި ތަކެތި ގަނެފައިވާ ކަމަށެވެ.

އެގޮތުން ބައެއް ތަކެތި ގަނެފައި ވަނީ ވަރަށް ބޮޑެތި އަގުތަކެއްގައި ކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އޭގެތެރޭގައި ހަނޑޫ ހަކުރު ފުށް ފަދަ ކާޑުގެ ބާވަތްތައް ހިމެނެއެވެ. އަދި ކެއުން ބުއިމަށް ބޭނުންވާ މަސްދަޅާއި ފިޔާ މުގު ވަޅޯމަސް ރިހާކުރު ފަދަ ތަކެތިވެސް ހިމެނެއެވެ.

އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެންޑީއެމްއޭ އިން ހަނޑޫ، ހަކުރު، ފުށް، ފިޔާ އަދި މުގު ގަނެފައިވަނީ، އަސްލު ޖެހޭ ޖުމްލަ އަގަށްވުރެ 23،457 ރުފިޔާ އަގުބޮޑުކޮށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: