ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ މެޑިކަލް ފެސިލިޓީ ގާއިމުކޮށްފައިވަނީ ދައުލަތުގެ މިލްކުވެރިކަން ނެތް ބިމެއްގައި: އޮޑިޓް

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ މެޑިކަލް ފެސިލިޓީ ގާއިމުކުރީ ދައުލަތުގެ މިލްކުވެރިކަން ނެތް ބިމެއްގައި ކަމަށް ކޮވިޑް-19 އާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ބުނެފިއެވެ.

އެ އޮޑިޓުގައި ބުނެފައި ވަނީކޮވިޑް-19 ގައި ބަލިވާ މީހުންނަށް ފަރުވާދިނުމަށްޓަކައި 300 އެނދުގެ މެޑިކަލް ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމުކުރުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން، ހުޅުމާލެގައި ގާއިމްކުރި ވަގުތީ މެޑިކަލް ފެސިލިޓީ ގާއިމް ކޮށްފައި ވަނީ ދައުލަތުގެ މިލްކުވެރިކަން ނެތް ބިމެއްގައި ކަމަށެވެ.

އެ މެޑިކަލް ފެސިލިޓީ ހުޅުމާލޭގައި ގާއިމުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ހުޅުމާލެގައި ވަގުތީ މެޑިކަލް ފެސިލިޓީއެއް ހެދުމަށް 29 މާރިޗުު 2020 ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި އެންޑީއެމްއޭއާ ދެމެދު ވެފައިވާ “ހޭންޑް އޯވަރ”އެއްބަސްވުމުގެ ދަށުން ހުޅުމާލޭއިން ޖުމްލަ 42،170 އަކަ ފޫޓުގެ ބިމާއި ބިމުގައިވާ އިމާރާތްތައް އެންޑީއެމްއޭއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، ހުޅުމާލޭގައި ހަދާފައިވާ މެޑިކަލް ފެސިލިޓީ ހުރި އިމާރާތްތަކާއި ބިމަކީ، އަމިއްލަ ފަރާތަކަށް، 2012 ވަނަ އަހަރު، މޮރިޝަސް ކޮމާޝަލް ބޭންކުން 4،315،153.75 ޑޮލަރަށް ރަހުނު ކޮށްފައިވާ ތަނެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި ލޯނު ނެގިފަރާތުން ގަވާއިދުން އަނބުރާ ލޯނު ނުދެއްކުމުގެ ސަބަބުން، އެ ލޯނާ ގުޅިގެން ރަހުނު ކުރެވިފައިވާ ތަންތަން ވިއްކާލުމުގެ ހައްގު މޮރިޝަސް ކޮމާޝަލް ބޭންކަށް ސިވިލް ކޯޓު 2016ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުރި ހުކުމެއްގައި ބަޔާންކޮށްފައިވާ ކަމަށް އޮޑިޓުގައިވެއެވެ.

އެ ބިމުގައި މެޑިކަލް ފެސިލިޓީ ގާއިމުކުރުމަށް ނިމްމުމާ ގުޅިގެން، އެޗް.ޑީ.ސީ އާއި މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑާއި ދެމެދުު 24 މާރޗުު 2020 ގައި ހޭންޑް އޯވަރ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ. މިގޮތުން ހެދުނުު އެއްބަސްވުމުގައި، އެތަނުގައި ހަދާފައިހުރި ކޮންކްރީޓު ސްޓްރަކްޗަރއަށް އެއްވެސް ބަދަލެއް ނުގެނެވޭނެކަމަށާއި، އިތުރު އެހެން އެއްވެސް ބަދަލެއް ތަނަށް ގެނެސްފައިވާނަމަ އެ ބަދަލުތައް އެނގޭނެހެން ލިޔެކިޔުން ބަލަހައްޓަން ވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި އެއްބަސްވުމުގެ މުއްދަތަކީ ތިން މަސް ދުވަސްކަމަށާއި އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތު އިތުރުކުރަން ޖެހިއްޖެ ޙާލަތެއްގައި ދެފަރާތުން އިތުރު އެއްބަސްވުމަކަށް އަންނަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ކަމަށް ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

އެ ފެސިލިޓީ އެ ބިމުގައި ގާއިމް ކުރަން ނިންމި ނިންމުމަކީ ނެޝަނަލް ޓާސްކް ފޯހާއި އެންއީއޯސީގައި މަޝްވަރާކޮށް ނިންމި ނިންމުމެއް ކަމަށް އެންޑީއެމްއޭއާ ހަވާލާދީ އޮޑިޓުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: