ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ސިޓީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ނަރުދަމާގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމަނީ

އައްޑޫ ސިޓީ މީދޫ. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މަރަދޫފޭދޫ އާއި މަރަދޫގެ ނަރުދާއެޅުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި، މިހާރު ކުރިޔަށް ދަނީ ފޭދޫގެ ސީއައުޓްފޯލް ރެކްޓިފިކޭޝަންގެ މަސައްކަތް ކަމަށެވެ.

މަރަދޫފޭދު އާއި މަރަދޫގައި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި ފެނަކައާ ހަވާލު ކުރުމުގެ ކުރިން، އެ އަވަށުގެ ޕަމްޕިން ސްޓޭޝަނާއި ޕެނަލް ބޯޑުތައް އަދި ޓްރާންސްފާ ސްޓޭޝަންތައް އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަނާއި މަޝްރޫއުގެ ކޮންސަލްޓެންޓުންގެ ޓީމުން ބަލައި ފާސްކޮށްފައިވާކަމައް އެމްޓީސީސީ އިން ބުނެޏެވެ.

މި މަޝްރޫއު އެމްޓީސީސީއާއި އެންވަޔަރަމަންޓު މިނިސްޓްރީން ހަވާލު ކުރީ 124 މިލިއަން ރުފިޔާއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: