ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންނާއި ސިފައިންނަށް ފްރަންޓްލައިން އެލަވެންސް ދޫކުރަން ފަށައިފި

އެއްވެސް ހުއްދައެއްނެތި މަގުމައްޗަށް ނިކުމެފައިވާ އެތައްބަޔަކާއި މެދުު ފުލުހުންވަނީ ފިޔަވަޅު އަޅާފައި. ފޮޓޯ:ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން ފްރަންޓްލައިނުގައި ހަރަކާތްތެރިވާ ފުލުހުންނާއި ސިފައިންނަށް ފްރަންޓްލައިން އެލަވަންސް ދޫކުރަން ފަށައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކޮވިޑް-19 އާއި ގުޅިގެން ދެވޭ ފުރަންޓްލައިން އެލަވަންސްގެ ގޮތުގައި އެމް.އެން.ޑީ.އެފާއި ޕޮލިހުގެ 6518 މުވައްޒަފުންނަށް 44.5 މިލިއަން ރުފިޔާ އިއްޔެ ޖަމާކޮށްދީފައިވާ ކަމަށެވެ.

އަދި މިހާތަނަށް ފުރަންޓްލައިން އެލަވަންސްގެ ގޮތުގައި 78 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށްވެސް ފިނޭންސުން ބުނެއެވެ.

މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މި އެލަވެންސް ދިނުމަށް ނިންމާފައިވަނީ ތިން ގިންތިއަކަށް ބަހާލައިގެން ކަމަށާއި، ފުރަތަމަ ގިންތިއަކީ ފްރަންޓްލައިނުގައި މަސައްކަތް ކުރާ ހައި ރިސްކު ފަރާތްތައް ކަމަށެވެ.

ދެވަނަ ގިންތިއަކީ ފްރަންޓްލައިނުގައި މަސައްކަތްކުރާ މީޑިއަމް ރިސްކު ފަރާތްތައް ކަމަށާއި މީގެތެރޭގައި ހިމެނެނީ ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ސީދާ ގޮތުން ހިދުމަތް ދޭންނުޖެހުނު ނަމަވެސް ހައި ރިސްކު ފަރާތްތަކާއި އެކު މަސައްކަތް ކުރާ ފަރާތްތައް ކަމަށް އަމީރު ވިދާޅުވިއެވެ.

އަދި ތިންވަނަ ގިންތީގެ ތެރޭގައި ހިމެނެނީ ފްރަންޓްލައިނުގައި މަސައްކަތްކުރާ ލޯ ރިސްކު ފަރާތްތައް ކަމަށާއި އެއީ ފުރަތަމަ ދެ ކެޓެގަރީ އަށް ނުފެތޭ ނަމަވެސް އެންއީއޯސީގައި ދުވާލެއްގެ މައްޗަށް ހަ ގަޑިއިރު ހޭދަކުރާ ފަރާތްތައް ކަމަށް އަމީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: