ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ދޭ 250 މިލިއަން ޑޮލަރު އެޕްރޫވްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭއަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން ދޭން ބުނި 250 މިލިއަން ޑޮލަރު(3.8 ބިލިއަން ރުފިޔާ) އެޕްރޫވް ވެއްޖެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 250 މިލިއަން ޑޮލަރު އިންޑިއާ އިން އެޕްރޫވްކޮށްފި ކަމަށާއި އެކަމަށްޓަކާ އިންޑިއާ އަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އިންޑިއާ ސަރުކާރުން އެސްބީއައި އަށް ސޮވެރިން ގެރެންޓީ ދޭނެކަމަށް މަހްލޫފް ވިދާޅުވިއެވެ.

އިންޑިއާ އެމްބަސީން މައުލޫމާތު ދޭ ގޮތުގައި ރާއްޖެއަށް ދޭ 250 މިލިއަން ޑޮލަރުގެ ލޯނު އެހީ އިންޑިއާ ސަރުކާރުން އެޕްރޫވްކޮށްފައިވަނީ އިއްޔެއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް އެ ލޯނު ދިނުމަށް ނިންމާފައިވަނީ ދިހަ އަހަރު ދުވަހުގެ ތެރޭ ދައްކާ ހަލާސްކުރާ ގޮތަށެވެ. އަދި އެ ލޯނުގެ އިންޓަރެސްޓްގެ ގޮތުގައި ނަގަނީ 3.5 ޕަސަންޓެވެ. ކޮވިޑާ ގުޅިގެން ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ހަމައެކަނި ގައުމަކީ ރާއްޖެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: