ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޑި ގޮޅީގައި ހުއްޓާ ސްޓިކާ ޖެހީ މަނާ ތަނެއްގައި ސައިކަލު ޕާކު ކޮށްފައި ހުރުމުން: ފުލުހުން

ފުލުހުން ސައިކަލުގައި ސްޓިކާ ޖަހާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ފްލެޓެއްގެ ސިނޑި ކައިރީ ޕާކުކޮށްފައި ހުރި ސައިކަލެއްގައި ފުލުހުންގެ ސްޓިކާ ޖަހީ މަނާ ތަނެއްގައި ސައިލަކު ޕާކު ކޮށްފައި ހުރުކުން ކަމަށް ފުލުހުން ބުނެފިއެވެ.

އެތަނުގައި ސައިކަލު ހުއްޓާ ދެ ފުލުހަކު ގޮސް ސައިކަލުގައި ސްޓިކާ ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި އާންމުވެ ފުލުހުންނަށް ވަީ ފާޑުކިޔުން އަމާޒުވެފައެވެ.

މި ވީޑިއޯއާ ގުޅިގެން ފުލުހުން މިއަދު ބުނީ އެއީ ހުޅުމާލެ ސޯޝަލް ހައުސިން ފްލެޓެއްގެ ސިޑި ކައިރީގައި އަރައި ފައިވާ މީހުންނަށް ދަތިވާ ގޮތަށް ބަހައްޓާފައި ހުރި ސައިކަލެއް ކަމަށެވެ. އަދި އެއީ ވަކި އެޕާޓްމަންޓަކަށް ނިސްބަތް ނުވާ ގޮތަށް އެ ބިލްޑިންގެ އެންމެން ބޭނުންކުރަން އޮންނަ ތަނެއް ކަމަށާއި އެތަނުގައި ޕާކުކުރުމަކީ މަނާ ކަމެއް ކަމަށް އެޗްޑީސީން އޮންނާނީ އެތަނުގައި އުޅޭ މީހުންނަށް އަންގާފައި ކަމަށް ފުލުހުން ބުނެއެވެ.

އަދި މިހާރު ފިޔަވަޅު އަޅަން ފަށާފައިވަނީ ވެސް އެކަން ހުރިހާ ފަރާތްތަކަށް އެންގުމަށް ފަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

“އެއީ ފްލެޓަށް ވަންނަން އޮންނަ ވޯކް ވޭ ވީމަ އެތަނުގެ ތިރި ފްލެޓް ބޭނުން ކުރާ މީހުން ޕާކް ކޮށް އެއްޗެތި ބެހެއްޓީމަ މަތީ ފްލެޓް ތަކަށް އަރާ ފޭބުމަށް ދަތިވާތީ މަނާކުރެވިފައި އޮންނަނީ،” ފުލުހުން ބުންޏެވެ.

 

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: