ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދަކީ މައުމޫނުގެ އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިން ތެދުވި ދުވަސް: ރައީސް ނަޝީދު

ކުރީގެ ރައީސް މައުމޫން، ރައީސް ނަޝީދާއެކު ސެލްފީއެއް ނަންގަވަނީ:_ފޮޓޯ- ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމުގެ ވެރިކަމުގައި އަނިޔާވެރިކަން އެންމެބޮޑަށް ފާހަގަވި އެއް ދުވަސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު މާފުށީ ޖަލުގައި، އިންސާނީ ކަރާމަތަށް ކުޑަވެސް ބެލުމެއް ނެތި ސިފައިންގެ އަނިޔާވެރިކަމާ އެކު އުމުރުން 19 އަހަރުގެ ޒުވާނެއް ކަމަށްވާ މ. އޭޝިޔާ އީވާން ނަސީމް މަރާލި ހާދިސާއަށް 17 އަހަރުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އޭރު ޖަލު ބަލަހައްޓަމުންދިޔަ ސިފައިން ކުރި އަނިޔާތަކާއި ގުޅިގެން އީވާން ނަސީމް މަރުވި ހާދިސާއާ ގުޅިގެން އެކަމާ ދެކޮޅަށް އިޖުތިޖާޖުކުރި ގައިދީންގެ ތެރެއަށް ” ވަޔަށް، ޖައްވަށް ފަޒާއަށް ޖެހި އުންޑަތަކުން” ބައެއް  ގައިދީންނެއް މަރުވެ، އެތައް ގައިދީނެއް ޒަޚަމްވެފައިވެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޖަލުގައި އީވާން ނަސީމްގެ ގައިގައި ތަޅާ މަރާލި ދުވަހަކީ އަނިޔާއާ ދެކޮޅަށް ދިވެހިން ތެދުވެ، ރާއްޖެ ބަދަލުކުރަން ނުކުތް ދުވަސް ކަމަށެވެ.

“މިއަދަކީ ރައީސް މައުމޫންގެ ވެރިކަމުގައި އަނިޔާވެރިކަން ހައްދުފަހަނަ އަޅާ ގޮސްފައިވާކަން އެންމެ ބޮޑަށް ފާހަގަވި އެއް ދުވަސް، އަނިޔާއާއި ދެކޮޅަށް ދިވެހިން ތެދުވެ ރާއްޖެ ބަދަލުކުރުމަށް ނިންމާ ނުކުތް ދުވަސް، ޖަލުގައި އީވާން ނަސީމް ގައިގައި ތަޅާ މަރާލި ދުވަސް” ރައީސް ނަޝީދު

މާފުށީ ޖަލުގައި އީވާން ނަސީމް މަރާލީ، ސިފައިން އަނިޔާކޮށްފަ އެވެ. އަދި އެކަމާ ރުޅިއައިސް ތިބި ގައިދީން މައިތިރިކުރަންސިފައިން ބަޑިޖެހުމުން އިތުރު ހަތަރު ގައިދީއަކު މަރުވި އެވެ.

ސެޕްޓެމްބަރު 19، 2003 ގައި ޖަލުގައި ދިވެހި ސިފައިން ހިންގި މި ލޭއޮހޮރުވުމާ އެކު، މާލޭގައި ވެސް ހަމަނުޖެހުން ހިނގައި، ފުލުހުންގެ ބައެއް އިމާރާތްތަކުގައި ރޯކުރި އެވެ.

ޖަލުގެ ލޭ އޮހޮރުވުމާ ގުޅިގެން 2004 ގައި ރައީސް މައުމޫން އިސްލާހީ އެޖެންޑާ، އިއުލާންކުރެއްވި އެވެ. އަދި އޭގެ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން ސިޔާސީ ޕާޓީތައް ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލެއްވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. “ސެޕްޓެމްބަރު 19، 2003 ގައި ޖަލުގައި ދިވެހި ސިފައިން ހިންގި މި ލޭއޮހޮރުވުމާ އެކު، މާލޭގައި ވެސް ހަމަނުޖެހުން ހިނގައި، ފުލުހުންގެ ބައެއް
    އިމާރާތްތަކުގައި ރޯކުރި އެވެ.”
    ?MDP = hulhujehun

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: