ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްމާދަށް ހަމަލާދީފައި ނުވާނެކަމަށްބުނެ، އާސިފް ދައުވާއަށް އިންކާރު ކޮށްފި

ޖަރީ ދޯނީގައި ވަޅިން ހަމަލާދީ ޒަހަމްކޮށްލި ކަމަށް ބުނާ ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދު
ޝެއާރކޮށްލާ ކަހަލަދޯ؟

ލަނޑާ ނަގާ ދޯންޏެއްގައި ހިނގި ދެބަސްވުމެއްގެ ތެރެއިން ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިސްމާއިލް އާސިފް ދައުވާ އަށް އިންކާރު ކޮށްފިއެވެ.

އާސިފްގެ މައްޗަށް ކޮށްފައިވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އއ. މާޅޮސް ބޭރުގައި އޮތް “ޖަރީ” ނަމަކަށް ކިޔާ ލަނޑާ ދޯންޏެއްގައި ހައްމާދަށް ހަމަލާދީ އޭނާ ޒަހަމްކޮށްލި މައްސަލައިގައި ދައުވާ ކުރި އާސިފް މި މައްސަލާގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ބުނީ ހައްމާދު އަށް ހަމަލާ ދިނީ އޭނާ ކަމެއް ސާބިތު ކޮށްދެވޭނެ ވަރަށް ހެކި ހުށަހެޅިފައި ނުވާ ކަމަށެވެ.

އެ މައްސަލާގައި ދައުލަތުން ވަނީ 9 ސިއްރު ހެއްކެއް ހުށަހަޅާފައެވެ. އެއީ ހައްމާދަށް ހަމަލާދިން ކަމަށް ސާބިތު ކުރުމަށް ހުށަހަޅާ ސިއްރު ހެކިވެރިއަކާއި ޒަހަމްތަކަކާއެކު އއ. މާޅޮހަށް ހައްމާދު އެރުމުން އެރަށުން ހައްމާދު ފެނުނު ބަޔަކާއި އާސިފް އަދި އެހެން މީހަކުވެގެން ހައްމާދު ހޯދަން މާޅޮހަށް އެރިކަން ސާބިތު ކޮށްދިނުމަށް ހުށަހަޅާފައިވާ ސިއްރު ހެއްކެކެވެ.

ހައްމާދު މޫދަށް ވެއްޓުނީ ކައްސާލައިގެން ކަމަށާއި މާޅޮހަށް އަރާފައި ވަނީ ވެސް ހައްމާދު ހުރީ ހަމަ ބުއްދީގައި ނޫންކަން އެނގި އޭނާ އަމިއްލަ ނަފްސަށް ގެއްލުމެއް ދީފައިނެތީ ކަމަށް އާސިފް ވަނީ މިއަދުގެ އަޑުއެހުމުގައި ބުނެފައެވެ.

މި މައްސަލައިގައި އަނިޔާ ލިބުނު ހައްމާދުގެ މައްޗަށްވެސް މިހާރު އެހެން މައްސަލައެއްގައި ވަނީ ދައުވާ އުފުލައިފަ އެވެ. އެއީ ކޯޓުން ބޭރުގައި ކުޑަކުއްޖަކާ “ކައިވެނި”ކޮށް އެ ކުއްޖާއާ މެދު ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރާ މައްސަލައެކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: