ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަހުމަތްތެރިއަކަށް ބޭނުން ޖެހޭ އިރު އިންޑިއާ އަބަދުވެސް އޮންނަނީ ތައްޔާރަށް: ރައީސް

ހުސައިން މުހައްމަދުގެ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޯލިހު ސޮއި ކުރައްވަނީ-- ފޮޓޯީ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަހުމަަތްތެރިއަކަށް ބޭނުންޖެހޭ ކޮންމެ ވަގުތެއްގައި އިންޑިއާ އަބަދުވެސް އޮންނަނީ ތައްޔާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހަންމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް ދިވެހި ސަރުކާރަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) މިއަދު ދިނުމާއި ގުޅިގެން އެކަމަށް ޝުކުރު އަދާކުރައްވާ ކުރި ޓުވީޓެއްގައެވެ.

އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ވިދާޅުވީ މި އެހީ ފޯރުކޮށް ދިނުމަށް ހަމަޖެހިފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ މާލެ ބްރާންޗް މެދުވެރިކޮށް ޓެޝަރީ ބޮންޑް ސޭލްއެއްގެ ގޮތުގައި ކަމަށެވެ. މި ފައިސާ ދައްކަން ޖެހޭނީ 10 އަހަރުގެ “ރީޕޭމަންޓް ޓެނިއާ” އަކަށް ފަހު ކަމަށާއި އިންޑިއާ އިން އެހީ ފޯރުކޮށްދީފައި ވަނީ ދިވެހި ސަރުކާރަށް އެންމެ ލުއި އަދި އެންމެ ހެޔޮ ޓާމްތަކުގެ ދަށުން ކަމަށް ހައި ކޮމިޝަނުން ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީގައި އެހީ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އަދި އެސްބީއައި މާލެ ބްރާންޗުގެ ސީއީއޯ ބަރަތު މިޝްރާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: