ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްތަނެއްގައި އުޅޭ ދެމަފިރިންނަށް ތަފާތުކޮށް ދިރިއުޅުމުގެ ހާލަތުގެ ޕޮއިންޓު ދިނުމުން މުއިއްޒު ސުވާލު އުފައްދަވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެކުގައި، އެއްތަނެއްގައި އުޅޭ ދެމަފިރިންނަށް އެކަކު އަނެކަކަށް ތަފާތުކޮށް ދިރިއުޅުމުގެ ހާލަތުގެ ޕޮއިންޓު މިސަރުކާރުން ދެނީ ކީއްވެތޯ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ސުވާލު ކުރައްވައިފިއެވެ.

ޑރ. މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ ހިޔާ މަޝްރޫޢުގެ ދަފްތަރު ކެޓަގަރީން ޕޮއިންޓު ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓު މިއަދު ސަރުކާރުން ޢާއްމުކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން މުޢިއްޒު ވަނީ އެކުގައި، އެއްތަނެއްގައި އުޅޭ ދެމަފިރިންނަށް އެކަކު އަނެކަކަށް ތަފާތުކޮށް ދިރިއުޅުމުގެ ހާލަތުގެ ޕޮއިންޓު މިސަރުކާރުން ދެނީ ކީއްވެތޯ އާއި އެއީ ކޮން ގޮތަކަށް ބައްލަވާފައިތޯ ސުވާލު ކުރައްވާފައެވެ.

“މިއަދު ނެރުނު އެޗް9 ލިސްޓުގައި މިކަން ވަރަށް ގިނަ ރައްޔިތުންނަށް ދިމާވެފައިވާ ކަމުގެ ކަންބޮޑުވުން ދަނީ ލިބެމުން” ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތް ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން އަންނަނީ ކުރަމުންނެވެ.

އެ ކޮމިޓީން މިއަދު ވަނީ ދަފްތަރު ކެޓަގަރީން ފްލެޓަށް އެދި ހުށަހެޅި މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓު އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

އެގޮތުން ފްލެޓަށް އެދުނު މީހުންގެ ތެރެއިން 25 މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށް ލިސްޓުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: