ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ދަފްތަރު ކެޓެގަރީގެ އެތައް ފަރާތެއް ޑިސްކޮލިފައި ކޮށްފައިވަނީ ގެޒެޓުކުރި އިއުލާނާ ހިލާފަށް: މުއިއްޒު

މުހައްމަދު މުއިއްޒު: ފޮޓޯ ސަންގު ޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ދަފްތަރު ކެޓެގަރީ(H9)ގެ އެތައް ފަރާތެއް ޑިސްކޮލިފައި ކޮށްފައިވަނީ ގެޒެޓުކުރި އިއުލާނާ ހިލާފަށް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ކުރެއްވި ޓުވީޓެއްގައި މުއިއްޒު ވިދާޅުވީ، މިހާތަނަށް އިއުލާންކުރި ހުރިހާ ކެޓެގަރީއަކުންވެސް އެމީހެއްގެ އަތުގައި ކުރިން ލިބިފައިވާ ގޯއްޗެއް/ފްލެޓެއް އޮވެގެން ޑިސްކޮލިފައިކޮށްފައިވަނީ ގެޒެޓުކޮށްފއަިވާ އިއުލާންތަކާ ހިލާފަށް ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް އެ ފްލެޓު ލިބިއްޖެނަމަ ކުރިން ލިބިފައިވާ ގޯތި/ފްލެޓު ދޫކޮށްލަން ފުރުސަތު ދޭންޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

“އަދި މިހާތަނަށް އިއުލާންކުރި ހުރިހާ ކެޓެގަރީއަކުން އެމީހެއްގެ އަތުގައި ކުރިން ލިބިފައިވާ ގޯޗެއް/ފްލެޓެއް އޮވެގެން ޑިސްކޮލިފައި ކޮށްފައިވަނީ ވެސް ގެޒެޓް ކޮށްފައިވާ އިއުލާނާ ހިލާފަށް. އެފަދަ ފަރާތްތަކަށް ފްލެޓެއް ލިބިއްޖެނަމަ ކުރިން ލިބިފައިވާ ގޯތި/ފްލެޓް ދޫކޮށްލަން ފުރުސަތު ދެން ޖެހޭ.” މުޒިއްޒު ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިޔާ ފްލެޓުތައް އޭރު ދީފައިވަނީ ގޯސްކޮށް ކަމަށް ބުނެ މި ސަރުކާރުން ވަނީ ކޮމިޓީއެއް އުފައްދައި އަލުން ފްލެޓުތަކަށް ކުރިމަތިލި ފަރާތްތަކުގެ ހާލަތު މުރާޖައާކުރަން ފަށާފައެވެ.

އެ ކޮމިޓީން ވަނީ ދަފްތަރު ކެޓަގަރީން ފްލެޓަށް އެދި ހުށަހެޅި މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓު އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތް ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން އަންނަނީ ކުރަމުންނެވެ.

އެގޮތުން ފްލެޓަށް އެދުނު މީހުންގެ ތެރެއިން 25 މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށް ލިސްޓުގައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: