ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން “ވަން ޗައިނާ ޕޮލިސީ” ހިފަހައްޓާނެ: މިނިސްޓަރު ޝާހިދު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ސަރުކާރުން ރާއްޖޭއާއި ޗައިނާ ދެމެދު އޮތް ‘ވަން ޗައިނާ ޕޮލިސީ’ ގުޅުން ހިފަހައްޓަވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޗައިނާ އުފެދުނުތާ 71 އަހަރު ފުރޭ މުނާސަބަތުގައި ބޭއްވި ވީޑިއޯ ރިސެޕްޝަންގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައުގަތުމަށް ރާއްޖެއާއި ޗައިނާއާ ދެމެދު ގުޅުން ބަދަހިކުރުން މުހިންމު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު މަސައްކަތަކީ ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރު ކުރުން ކަމަށެވެ.

އެގޮތުން ރާއްޖެއާއި ޗައިނާއާ ދެމެދު މިހާރު މެދުކެނޑިފައި އޮތް ދަތުރުތަކާއި ވިޔަފާރީގެ ގުޅުން ވީހާވެސް އަވަހަށް އަލުން ފަށައިގަންނަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 48 އަހަރު ފުރޭއިރު، ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ ތާރީހީ ގޮތުން ވަރުގަދަ އަދި ހަމަހަމަކަމުގެ މައްޗަށް ބިނާވެގެންވާ ގުޅުމެއްކަން މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

މިނިސްޓަރުގެ ވީޑިއޯ މެސެޖެގައި މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19ގެ ހާލަތުގައި ޗައިނާ ސަރުކާރުންނާއި އެގައުމުގެ ކުންފުނިތަކުން ވެދީފައިވާ އެހީތަކަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑަށް ޚާއްސަކޮށްގެން ޗައިނާގެ ކުންފުނިތަކުން އުފައްދަމުންދާ ވެކްސިންގެ ފައިދާ ރާއްޖެއަށް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނީ 1949 ވަނަ އަހަރުގެ އޮކްޓޯބަރ 1 ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: