ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅިފަޅު ވިއްކާލުމަށް އަންނަނީ ތައްޔާރުވަމުން: ޝުއައިބު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅިފަޅު ވިއްކާލުމަށްފަހު އެގްރީމެންޓްތަކުގައި ސޮއިކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކުރީގެ ނައިބް މުގައްރިރު ޝުއައިބު އަލީ ތުހުމަތުކުރައްވައިފިއެވެ.

ޝުއައިބު ވިދާޅުވީ، މާލޭ ރައްޔިތުންނަށް ގޯތިދޭން ނިންމާފައިއޮތް ގުޅިފަޅު ވިއްކާލާ އެގްރީމަންޓުތަކުގައި ސޮއިކުރަން ތައްޔާރުވަމުން އަންނަކަމަށެވެ. ދެއާއިލާގެ ދެމެދުގައި ހިނގާ ވެރިކަމުގެ ބާރުތައް ވަކިކުރުމުމާއި ބޮޑުވަޒީރުގެ އަރާރުން ހިންގަމުން ދާއިރު، މިހާރު ގުޅިފަޅު ވިއްކާލުމަށް ތައްޔާރުވަމުން އަންނަކަމަށް ޝުއައިބު ތުހުމަތު ކުރެއްވިއެވެ.

 

މީގެ އިތުރަށް ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް ނަޝީދަށް އިޝާރާތްކުރައްވައި، މާލެއަށް ކަމެއް ކޮށްދޭނީ ބޮޑުވަޒީރު އެކަނިކަމަށް ވިދާޅުވެފައިވާކަމަށް ޝުއައިބު ވިދާޅުވިއެވެ.

ފިޔަވަޅު އަޅާ ކޮމިޓީން މިދިޔަ ހަފުތާގައި އޭނާ ސަސްޕެންޑްކުރީ އެ ކޮމިޓީގެ ނައިބު މުގައްރިރުގެ ގޮތުގައި ހުންނަވައި، ސޯޝަލް މީޑިއާގައި އެމްޑީޕީގެ އަގު ވައްޓާލަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ބުނެ ހުށަހެޅި މައްސަލައިގައި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ޝުއައިބު ވިދާޅުވީ އޭނާ އަކީ އެމްޑީޕީ އަށް ގެއްލުންވާނެ ގޮތަށް އަމަލުކުރާނެ މީހެއް ނޫންކަން ޕާޓީގެ އިސް ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރުގެ މަގާމުން ސަސްޕެންޑުކުރީ ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތެއް ނުދީ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ އަގު ވައްޓާކަމުގެ ތުހުމަތު ޝުއައިބަށް ކޮށްފައިވާއިރު އޭނާ ގެންދަވަނީ ޓުވިޓާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކާޓޫން ކުރަހައި ތަފާތު މެސެޖު އާއްމުކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 60%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ސުވޭބު އުޅުއްވަނީ ފިސާރި ރަގަޅަށް ފައްޔާޒު އަތުން ރިސްވަތު ނަންގަވައިގެން ކަން ސުވޭބު އެބަވިދާޅުވޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: