ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕެރޯލްގެ ދަށުން އަދަބު ލުއި ކޮށްދިނުމުގެ އައު ގަވާއިދެއް!

ގައިދީންނަށް ލުއި ދިނުމުގެ އައު ގަވާއިދެއް އާންމު ކޮށް އަމަލު ކުރަން ފަށައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ޙުކުމް ތަންފީޛު ކުރަމުންދާ ޤައިދީންގެ ތެރެއިން ޙުކުމުގެ މުއްދަތުން ވަކި މިންވަރެއް ތަންފީޛުވެ ނިމިފައިވާ ޤައިދީން، މުޖުތަމަޢުގެ ރައްކައުތެރިކަން ނުގެއްލޭ ގޮތެއްގެ މަތިން މުޖުތަމަޢަށް އަލުން އަހުލުވެރި ކުރުމަށް ޓަކައި، ކަނޑައެޅޭ ވަކި ޝަރުޠުތަކާއެކު ޕެރޯލްގެ ދަށުން ދޫކުރުމުގެ އައު ގަވާއިދެއް އެކުލަވައިލައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.

ޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އެކުލަވައިލައި އާންމުކޮށްފައިވާ ގަވާއިދުގައި ބުނެފައިވާ މި ގަވާއިދަކީ، ( ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު( ގެ 150 ވަނަ މާއްދާގެ )( ށ) ގެ 13 ވަނަ ނަންބަރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

ޙުކުމް ތަންފީޛުކުރާ ޤައިދީންގެ ތެރެއިން ޕެރޯލްގެ ފުރުޞަތުތައް ލިބިދެވޭނީ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ޤައިދީގެ މައްޗަށް ކަނޑައެޅިފައިވާ އަދަބަކީ 6 މަސްދުވަހަށް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ޖަލަށް ލުން ނުވަތަ އަރުވައިލުން ނުވަތަ ގޭބަންދުކުރުން ކަމުގައި ވާނަމަ އެވެ.އަދި ޤައިދީ، ޖަލުގައި ހޭދަކުރި މުއްދަތުގައި ޤައިދީގެ އަޚްލާޤީ މިންގަނޑު ވަޒަންކުރުމަށްފަހު، ރަނގަޅުކަމަށް ޑައިރެކްޓަރ އޮފް ޕްރިޒަންސް ފާހަގަކޮށްފައިވާ ގައިދީންނަށް ޕެރޯލްގެ ފުރުސަތު ލިބޭނެއެވެ.

މީގެިއތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިދީފައިވާ ކޯޓެއްގައްޔާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހިނގަމުންދާ އިތުރު މައްސަލައެއް ނެތް ޤައިދީންނަށް ޕެރޯލްގެ ފުރުސަތު ލިބޭނެއެވެ. ހަމައެހެންމެ އަޚްލާޤު ރަނގަޅުކުރުމަށާއި ޤާނޫނާއި ގަވާއިދުތަކަށް ކިޔަމަންތެރި މީހަކަށް ހެދުމަށް ޓަކައި ޖަލުގައި ހިންގާ ދީނީގޮތުންނާއި ތަޢުލީމީގޮތުން ޖަލުން ކަނޑައަޅާ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ނުވަތަ އެ ޕްރޮގްރާމުން ބައެއް ފުރިހަމަކޮށްފައިވާން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ވަނީ ބުނެފައެވެ.

ޕެރޯލްގެ އައު ގަވާއިދުގެ ދަށުން ދަށުން ޕެރޯލްގެ ފުރުސަތު ލިބޭނީ  ޕެރޯލްގެ ދަށުން ދޫކޮށްލައިފިނަމަ، ޤައިދީގެ ފަރާތުން މުޖުތަމަޢަށް ނުރައްކަލެއް ކުރިމަތިވެދާނެ މީހަކަށް ވުމުގެ ފުރުޞަތު ކުޑަކަމަށް ގުޅުންހުރި އެކިއެކި އިދާރާތަކުންނާއި ޑައިރެކްޓަރ އޮފް ޕްރިޒަންސް ފާހަގަކޮށްފައިވާ ގައިދީންނަށް ވެސް ވަނީ ބުނެފައެވެ. ހަމައެހެންމެ  ޕެރޯލްގެ ދަށުން ދޫކޮށްލައިފިނަމަ، ޤައިދީ ކުށްކުރުމުން ދުރުހެލިވެ، ޤާނޫނުތަކާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތާ މީހެއްގެ ގޮތުގައި އެނބުރި މުޖުތަމަޢަށް އައުމުގެ ފުރުޞަތު ބޮޑުކަމަށް ޕެރޯލް ބޯޑަށް ޤަބޫލުކުރެވެން ޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ޕެރޯލްގެ ދަށުން ދޫކޮށްލެވޭނީ ޤައިދީއަކު ކުރި ކުށަކާ ގުޅިގެން އެއްވެސް މީހެއްގެ ޙައްޤެއް އަދާކުރަން އޮތްނަމަ، އެ ޙައްޤެއް އަދާކޮށްފައި ވާނަމައެވެ. މީގެއިތުރުން ( ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު( ގެ 132 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއްގެ ޙުކުމް ތަންފީޛު ކުރަމުންދާ ޤައިދީންނަށް ޕެރޯލްގެ ފުރުސަތު ނުލިބޭނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.

އަންނަނިވި ކުށްތަކުގެ ތެރެއިން ކުށެއްގެ ޙުކުމް ތަންފީޛު ކުރަމުންދާ މީހެއްނަމަ، އެ މީހަކަށް ޕެރޯލްގެ ފުރުޞަތެއް ނުލިބޭނެއެވެ.

1.  ގަސްތުގައި މީހަކު މެރުން؛

2.  ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން؛

3. އެހެން ޤާނޫނަކުން އަދަބު ލުއި ނުކުރެވޭނެ ކަމަށް ކަނޑައަޅައިފައިވާ ކުށެއް ސާބިތުވެގެން ޙުކުމް ތަންފީޛު ކުރަމުންދާ ޤައިދީން

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: