ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މިފަހަރު ނުކުތީ ކީޕަރު އިމްރާން!

އިމްރާން މުހައްމަދު--
ޝެއާރކޮށްލާ ކަހަލަދޯ؟

ކަންނެލި ވިއްކާ އަގު ދަށްކުރުމުން ރާއްޖޭގެ ގައުމީ ޓީމަށް ކުޅެދިން އެންމެ މޮޅު ކީޕަރު، އިމްރާން މުހައްމަދު ނުރުހުންފާޅު ކޮށްފިއެވެ.

ގައުމީ ޓީމުން ރިޓަޔާ ކުުރުމަށް ފަހު މިހާރު ގިނަ ވަގުތު މަސްވެރިކަމުގައި އުޅޭ އިމްރާން ކުރެއްވި ޓްވީޓެއްގައި ބުނީ ރަނގަޅު ކަންނެލި ކޮޅެއް ބޭވުމުން ކިރާލަންވެގެން ބާރަށް ދުއްވާފައި އައީ ކިލޯއެއް 70 ރުފިޔާއަށް ހުރީމަ ކަމަށެވެ.

“ކަންނެލި ކިރަން ކައިރި ކޮށްފައި އަހާލީމަ ފެކްޓްރީއިން ދިން ޖަވާބަކީ މިހާރު އަގަކީ ކިލޯއެއް 50ރ އަށް ކަމަށް . މިއީ ކަންނެލި މަސްވެރިންނަށް ކުރާ އަނިޔާ އެއް ނޫންތަ؟” އިމްރާން ބުންޏެވެ.

މިފްކޯއިން މިއަދު ވަނީ މަސް ގަންނަ އަގު ދަށްކޮށްފައެވެ. މިގޮތުން ކިލޯއަކުން ދެ ރުފިޔާ ވަނީ ދަށް ކޮށްފައެވެ.

މީގެކުރިން އައިސްއަޅައިގެން ގެންނަ 1.5 ކިލޯއިން މަތީގެ މަހާ ކަންނެލި ކިލޯއެއް ގަންނަމުން ދިޔައީ 20 ރުފިޔާއަށެވެ. އަދި ފިނިނުކުރާ މަސް ކިލޯއެއް ގަންނަމުންދިޔައީ 18 ރުފިޔާއަށެވެ.

ނަމަވެސް މިއަދު އަގަށް ގެނައި ބަދަލާއި ގުޅިގެން މިފްކޯގެ ސައިޓްތަކަށާއި ބޯޓްފަހަރަށް މަސްކިލޯއެއް ގަންނަމުންދާނީ 18 ރުފިޔާއަށެވެ. އަދި އައިސް ނާޅާ މަސް ގަންނަނީ 16 ރުފިޔާއަށެވެ. މީގެއިތުރުން 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ގަންނަނީ 10 ރުފިޔާއަށެވެ. 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ފިނިނުކޮށް ގަންނަނީ 8 ރުފިޔާއަށެވެ.

 

ވަރަށް ގަދަ
31%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 31%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 23%ވަރަށް ދެރަ 15%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: