ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު މައުސޫމް ޅެން ބައިތަކުން ގޮވައިލެއްވީ ކޮވިޑް ކޭސްތައް މަދުވިޔަސް ފަރުވާކުޑަ ނުކުރުމަށް!

ޓުއަރިޒަމް މިނިސްޓަރ މައުސޫމް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭއިން ކޮވިޑް ޖެހޭ މިންވަރު ދަށްވަމުންދިޔަ ނަމަވެސް އަދި ފަރުވާކުޑަ ނުކުރުމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ގޮވާލައްވައިފިއެވެ.

ރާއްޖެއިން މިހާރު ޕޮޒިޓިވްވާ މީހަކުގެ އަދަދު އަންނަނީ ދަށްވަމުންނެވެ. ހަމައެއާ އެކު، ޕޮޒިޓިވްވާ މީހުންގެ ތެރޭގައި އެހެން ކޭސްތަކާ ގުޅުން ނެތް ކޭސްތައް ވެސް އަންނަނީ މަދުވަމުންނެވެ.

މިކަމާ ގުޅިގެން މިނިސްޓަރު މައުސޫމް ވަނީ ދިވެހި ރައްޔިތުންނަށް ޅެން ބައިތަކުން ޝުކުރު އަދާކުރައްވާފައެވެ.

“ސައްތައަށްވުރެ ތިރިކުރީތީ ދަންނަވަމެ ޝުކުރާސަނާ! މިވަރަކުން އެހެނަސްނެތޭ ދޫކޮށްލެވޭކަށް އަތްދަށުން! ކޮށްލާށެހިއްވަރު އަދިދެތިން ހަފުތާއަކަށް ވަތަނަށްޓަކާ!” މައުސޫމް ވިދާޅުވިއެވެ.

މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން ތިރިވެފައިވާއިރު ގިނަ ދުވަސް ދުވަހު ނަންބަރުތައް އުޅެނީ 50 އިން ވެސް ދަށުގައެވެ.

ކޮވިޑް ކޭސްތައް މަދުވާން ފެށުމާއެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދުވެސް ވަނީ އިތުރުވާން ފަށާފައެވެ.

ރާއްޖޭގެ ބޯޑަރު ތިން މަސް ދުވަހު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 15ވަނަ ދުވަހުއެވެ. އޭގެފަހުން ކޮންމެ ދުވަހަކުވެސް ރާއްޖެ އަށް ފަތުރުވެރިން މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: