ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝުޖާއުގެ ރައްދު ރޮޒައިނާއަށް: ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރީމާ ކުޅުނީ ޑްރާމާއެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ފަޅު ތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީން އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރުމުން މަޖިލިސް ތެރެއިން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުޅުނީ ޑްރާމާއެއް ކަމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ އާއި ޝުޖާއުއާ ދެމެދު ޓްވިޓާގައި ބޮޑު ޒުވާބެއް ކޮށްފައި ވަނީ ރާއްޖެއަށް އިންޑިއާއިން މުދާ އުފުލާ އާގު ބޯޓުގައި މާދަމާ އިންޑިއާއިން ދިވެހި ކަނބަލުން ކައިރިއަށް “މަތިމަސްލީ” ފިރިހެނުން ފޮނުވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވުމާ ގުޅިގެންނެވެ.

ޝުޖާއުގެ އެ ވާހަކަތަކާމެދު ނުރުހުން ފާޅު ކުރައްވައި ރޮޒައިނާ ވިދާޅުވީ ދިވެހި އަންހެނުންނަށް ނިސްބަތްކޮށް މިފަދަ އެއްޗެއްހި ވިދާޅުވާކަން މިއީ ވަރަށް ދެރަ ކަމެއް ކަމަށާއި ކޮންމެ ކަމަކާ ގުޅުވާފައި ވެސް އަންހެނުން ނިކަމެތި ކޮށްލާ ގޮތް ހުސްވެފައި ތިބި ބައެއް ކަމަށް ދޭހަވާ ގޮތަށް ބަސް ބުނުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ރޮޒެއިނާ ގެ އެޓްވީޓަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ ސަރުކާރަށް ވަރަށް އަސަރު ކޮށްފި ކަމަށާއި “އަންހެނުންގެ ވާހަކަ ދައްކާފަ ވެރިކަން ލިބުނީމަ އެންމެން ބައި ބަހައިގެން މުޅި ދައުލަތް ތި ހުސްކޮށްލީ” ކަމަށެވެ. އަދި އަންހެނަކަށް ޖިންސީ ފުރައްސާރަ ކޮށްގެން އެ މައްސަލަ ހުށަހެޅުމުން ރޮޒައިނާމެން ތިއްބެވީ ހަނު ކަމަށެވެ.

“މި ދައްނީ ޑރ. މުނައްވަރުގެ ދަރިކަނބަލުންގެ ވާހަކަ. ކޮން ވާހަކައެއް ދައްކާކަށް. ތިއީ ކޮންބައެއްކަން ދިވެހިންނަށް ވަރަށް ސާފު، ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ފުރައްސާ ކުރީމާ ކުޅުނީ ޑްރާމާއެއް. މިއަދު އެ މައްސަލަ ޖަމަލު ގޮނޑިއަކަށް ހަދާލައިގެން ތި ތިއްބެވީ. އެ މައްސަލަ އަދި ނުނިމޭ. ބަލާނަން.” ޝުޖާއު ވިދާޅުވިއެވެ.

އެކަމާ ގުޅޭ ގޮތުން ރޮޒައިނާ ވިދާޅުވީ އެ މައްސަލަ އަދި ނުނިމޭ ކަމަށާއި ނިމޭނީ ޕީޖީއަށް ފޮނުވާ ޝަރީއަތް ކޮށް އިންސާފު ލިބުމުން ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: