ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި ޓްރަކްއަކާއި ސައިކަލެއް ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ޓްރަކްއަކާއި ސައިކަލެއް ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު 18:00 ހާއިރު ކަމަށާއި، އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ރެޑްވޭވް ކައިރިން ޓްރަކް އަކާއި، ސައިކަލެއް ޖެހިގެން ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގިއިރު، ޓްރަކް ދުއްވަން އިނީ 30 އަހަރުގެ ބަންގްލަދޭޝް ފިރިހެެނެއް ކަމަށާއި، ސައިކަލު ދުއްވަން އިނީ 22 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި އެކްސިޑެންޓް ހިނގިއިރު އުޅަނދު ދުއްވަން އިން ދެ މީހުންގެ އަތުގައިވެސް ލައިސެންސް ނެތް ކަމައްވެސް ފުލުހުން ވިދާޅުވިއެވެ.

އަދި މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: