ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށިން އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ

ކުޅުދުއްފުށި ސިޓީ-- ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށި ސިޓީން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މިރޭ ޕޮޒިޓިވްވި މީހާ އަކީ “ފާޅު ބޯޓުން” ޕޮޒިޓިވްވި ފަޅުވެރިއެއްގެ ޑައިރެކްޓު ކޮންޓެކެވެ.

އެ ރަށުން ފުރަތަމަ ޕޮޒިޓިވްވީ ފާޅުބޯޓްގެ ކެޕްޓަން އެވެ. އޭގެ ފަހުން ބޯޓްގެ ފަޅުވެރިން ޓެސްޓްކުރިއިރު އެތަނުން ދެ މީހަކުވެސް ވަނީ ޕޮޒިޓިވްވެފައި އެވެ. މިއީ މި ބޯޓްގެ ފަޅުވެރިއެއްގެ ޑައިރެކްޓް ކޮންޓެކްޓެއް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން އެ ރަށު ހޯމް ކަރަންޓިންގައި ހުރި ކުއްޖަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ކުޅުދުއްފުށިން ކޮވިޑު-19 ފެނުމާއި ގުޅިގެން އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި ފާޅު ބޯޓު ދަތުރު ކުރި ނޮޅިވަރަންވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: