ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ބުރިޖު ބަލަހައްޓަން ތިބީ ޗައިނާގެ ސިފައިންނާއި، އެ ގައުމުގެ ޖަލުތަކުގަ ތިބި ކުށްވެރިންތޯ؟”

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި މަޑުއްވަރި ދާއިރާގެ މެންބަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިނަމާލެ ބުރިޖު ބެެލެހެއްޓުމަށްކަމަށް ބުނެ ރާއްޖޭގައި ތިބީ ޗައިނާގެ ސިފައިންނާއި، އެގައުމުގެ ޖަލުތަކުގައި ތިބި ކުށްވެރިތޯ ބުނެ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމު (އަނދުން ހުސައިން) ސުވާލު އުފައެދަވައިފިއެވެ.

އަނދުން ހުސައިން މިގޮތަށް ސުވާލު އުފައްދަވާފައިވަނީ ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު، މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ކުރައްވާފައިވާ ޓްވީޓަކަށް ރައްދުދެއްވައެވެ.

އާދަމް ޝާރީފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް ނުރައްކާވާނެ ހުރިހާ އެއްބަސްވުންތައް ރާއީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު އުވާލައްވާނެކަމަށެވެ. 2023 ގެ ރިޔާސީ ކެނޑިޑޭޓް ލިސްޓްގައި ރައީސް ޔާމީންގެ ނަންފުޅު އޮންނާނެކަމަށާއި، ގައުމުގެ ސިޔާދަތު އަލުން ހޯއްދަވައި ރައްޔިތުންނަށް ހިދުމަތްކުރައްވާނެ ކަމަށްވެސް އާދަމް ޝަރީފުގެ ޓްވީޓުގައިވެއެވެ.

އާދަމް ޝަރީފު އެ ވިދާޅުވަނީ ޗައިނާ ފްރީ ޓްރޭޑް އެގްރީމެންޓް އުވާލައި، ބްރިޖް ބެލެހެއްޓުމަށް ކަމަށް ބުނެ ރާއްޖޭގައި ބައިތިއްބާފައި ތިބީ ޗައިނާ ސިފައިން ބާލާނެ ވަހަކަތޯ ވިދާޅުވެ އަނދުން ހުސައިން ވަނީ ސުވާލު ކުރައްވާފައިވެއެވެ. ނޫނީ މަޖިލިސް މެމްބަރުންގެ ދަތްދޮޅި ދުއްވާލާނެ ވާހަކަތޯ ސުވާލުކުރައްވާފައިވެއެވެ.

 

“ވިދާޅުވަނީ ޗައިނާ ފްރީ ޓްރޭޑް އެގްރީމެންޓް އުވާލައި، ބްރިޖް ބެލެހެއްޓުމަށް ކަމަށް ބުނެ ރާއްޖޭގައި ބައިތިއްބާފައި ތިބީ ޗައިނާ ސިފައިން ބާލާނެ ވަހަކަތޯ ވިދާޅުވެ އަނދުން ހުސައިން ވަނީ ސުވާލު ކުރައްވާފައިވެއެވެ. ނޫނީ މަޖިލިސް މެމްބަރުންގެ ދަތްދޮޅި ދުއްވާލާނެ ވާހަކަތޯ” އަނދުން ހުސައިން

މި ޓްވީޓާއި ގުޅިގެން ސަންގުން ކުރއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަނދުން ހުސައިން ވިދާޅުވީ، ސިނަމާލެ ބުރިޖު ބަލަހައްޓަން ކަމަށްބުނެ، ރާއްޖޭގައި ތިބީ ޗައިނާ ސިފައިންތޯ ނުވަތަ ޗައިނާގެ ޖަލުތައކުގައި ތިބި ކުށްވެރިންތޯ ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށެވެ.

ރާއްޖެއާއި އިންޑިއާއާއި އޮންނަ ގުޅުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ސަރުކާރުން ރާއްޖެ އިންޑިއާއަށް ވިއްކާލާފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދަނީ އެއީ ތޯތޯ ވާހަކަތަކެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރައްދުތައް ދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: