ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ވެރިކަމާއި ހަވާލުވެ، އެއްބަސްވުންތައް އުވާލައްވާނެ: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދެހާސް ތޭވީހުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ވެރިކަމާ ހަވާލުވެވެވަޑައިގަތުމަށްފަހު މިނިވަންކަމަށް ނުރައްކާވާ ހުރިހާ އެއްބަސްވުންތަކެއް އުވާލައްވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިވަގުތު ހުންނެވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ އެމަނިކުފާނު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކޮށް، މަނީ ލޯންޑްރިންގެ ކުށުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު މާފުށީ ޖަލުގައެވެ. އެ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން އެ މައްސަލަ އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނި ވިދާޅުވީ 2023ގެ ރިޔާސީ ކެންޑިޑޭޓުންގެ ލިސްޓުގައި ޔާމީންގެ ނަންފުޅު އޮންނާނެ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރުގެ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރައްވައި ރައްޔިތުންނަށް ޚިދުމަތް ކުރައްވާނެއެވެ.

މީގެ އިތުރުން ގައުމުގެ ސިޔާދަތު އަލުން ހޯއްދަވައި ދެއްވާނީވެސް ރައީސް ޔާމީން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

މިދުވަސްވަރު އިދިކޮޅު ފަރާތްތަކުން އަންނަނީ އިންޑިއާ އިން ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާތީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން ރާއްޖޭގެ ތަރައްގީގެ ހުރިހާ މަޝްރޫއެއް އިންޑިއާއާ ގުޅިގެން ހިންގާ ނަމަ މިނިވަންކަން ގެއްލޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އިންޑިއާގެ ބައިވެރިވުން ފުޅާކުރަމުންދަނީ، މިނިވަންކަން ގެއްލޭ ދަރަޖައަށް ކަމަށްވެސް އިދިކޮޅުން ތުހުމަތު ކުރެއެވެ.

އިންޑިއާ އިން ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާތީ އިދިކޮޅުން ފާޑުކިޔާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ބޮޑަށް ގުޅުން ބަދަހިކުރީ ޗައިނާއާ އެވެ.

މީގެ އިތުރުން ބޭރުގެ އަސްކަރިއްޔާތަކުން ރާއްޖޭގެ ސަރަހައްދުތަކުގައި ގާއިމްވެ، ސަރުކާރުގެ ބާރު ނުހިނގާ ގޮތަށް އެހެން ގައުމުތަކުގެ ސިފައިން  ތިބި ކަމަށްވެސް އިދިކޮޅުން ތުހުމަތުކުރެއެވެ. އަދި ރާއްޖޭގެ ހުރިހާ ވައިގެ ބަނދަރުތަކާއި ހޮސްޕިޓަލްތަކަކީ ބޭރުގެ އަސްކަރިއްޔާތަކުން ބަލަހައްޓާ ތަންތަނަށް ހަދަން މި ސަރުކާރުން މަސައްކަތް ކުރާ ކަމަށް އިދިކޮޅުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: